"Fuluhunai Rayithunaa Dhemehu Onnanvee Maivantha Kamuge Gulhumeh"
image
ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހައްޔަރު ކޮށްފައި ހުރި އިރު ނަގާފައިވާ ފޮޓޯއެއް: ފޯޓޯ އަވަސް
0 ކޮމެންޓް
 

ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަންވީ މައިމީހާއާއި ދަރިއަކާއި ދެމެދު އޮންނަ ގުޅުން: ހޯމް މިނިސްޓަރު

ފުލުހުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އޮންނަންވީ މައިމީހާއާއި ދަރިފުޅާ ދެމެދު އޮންނަ ފަދަ ގުޅުމެއްކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރަން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕޮލިސް ރިފޯމް ސިމްޕޯސިއަމް ފެށުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންގެ މައިމީހާ ކަމުގައި ދެކެންވީ ރައްޔިތުންކަމަށެވެ. އަދި ފުލުހުންނަކީ ރައްޔިތުންގެ މައްޗަށް ބާރުވެރިބާ ބައެއްގެ ގޮތުގައި ދެކިގެން މަސައްކަތް ނުކުރުމަށްވެސް ހޯމް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"މި މުއައްސަސާއާ ދިވެހި ރައްޔިތުންނާ އޮތް ގުޅުމަކީ މައި މީހާ އާއި ދަރިޔާއާ ދެމެދު އޮންނަ ގުޅުން، ދިވެހި ރައްޔިތުންނަކީ މިމުއައްސަސާގެ ހަގީގީ މައި މީހާ، ފުލުހުންނަކީ ރައްޔިތުންނާއި ދުރު، ރައްޔިތުންނާ ވަކި ރައްޔިތުންގެ މައްޗަށް ބާރުވެރިވާ ބައެއްގެ ގޮތުގައި ދެކިގެން ނޫން މަސައްކަތް ކުރަމުން މިދަނީ،"

ދިވެހި ތާރީހުގައި ފުލުހުންނާމެދު ވަރަށް ދެރަ ގޮތަކަށް އަމަލުކުރެވިފައިވާ މަންޒަރު ފެންނަން އެބައޮތް ކަމަށާއި، އެގޮތުން ފުލުހުން "ރެއާދުވާލު ހޭލައި ތިބެ" ދިވެހި ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތް ކުރުމުން އޭގެ ބަދަލުގައި ފުލުހުންނަށް ބަދު ބަސް ބުނާ މަންޒަރުވެސް ފެންނިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޕޮލިސް ރިޕޯމް ސިމްޕޯސިއަމް އަކީ އަންމުންގެ ބައިވެރިވުމާއެކު ފުލުހުންގެ މުއައްސަސާ ހަރުދަނާކުރެވިދާނެ ގޮތްތަށް ހޯދައި މަޝްވަރާ ކުރުމަށް ބޭއްވި ސިމްޕޯސިއަމްއެކެވެ.

ހިޔާލު