Mamma aa vaahaka dhahkan beynun nuva kamah Hina bunefi
image
ހީނާ ހާން---
0 ކޮމެންޓް
 

މަންމަ އާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ހީނާ ބުނެފި

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހީނާ ހާން އޭނާ މަންމަ އާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ހީނާ އެހެން ބުނެފައިވަނީ އިންސްޓަގުރާމު މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައެވެ. އެވީޑިއޯގައި ހީނާ ވާހަކަ ދައްކަނީ ކުޑަ ކުއްޖެއް ހެންނެވެ. އަދި ވީޑިއޯ ގައި ހީނާ ބުނީ އެނާގެ މަންމަ ރުޅިއައިސް އެއްޗެހި ކީ ކަމަށެވެ.

ހީނާ ބުނިގޮތުގައި މަންމަ އެއްޗެހި ކިޔާފައިވަނީ ގަހަނާތައް ރީއްޗައް ނުގެން ގުޅޭތީއެވެ. އަދި އެހުރިހާ ގަހަނާތައް ހީނާ އަތުން އަތުލާ، މަންމަގެ ކަބަޑަލް ލާނެ ކަމަށް މަންމަ ބުނި ކަމަށް ވެސް ހީނާ ވަނީ ބުނެފައެވެ. އަދި އެއްވެސް ގަހަނާއެއް އަނބުރާ ނުދޭނެ ކަމަށް މަންމަ ބުނިކަމަށް ހީނާ ވަނީ ބުނެފައެވެ.

އޭގަ ހީނާގެ ކުށަކީ ކޮބާ ކަމަށް މަންމަ އާ ސުވާލު ކުރުމުން މަންމަ ހަޅޭއް ލަވައިގަތް ކަމަށް ހީނާ ވަނީ ބުނެފައެވެ. އަދި މަންމަ އާ ވާހަކަ ނުދައްކާނެ ކަމަށް ހީނާ ވަނީ ބުނެފައެވެ.


ގިނަ ބަޔަކަށް އެވީޑީއޯ ކަމުގޮސްފައިވާއިރު ހީނާ އެ ވީޑިއޯ ގައި ވަރަށް "ކިއުޓް" ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ހީނާ މިހާރު ދަނީ އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. އެ ޝޯގައި އޭނާ ފެނިގެންދަނީ އެންމެ މުހިއްމު އެއް ރޯލުކަމަށްވާ ކޮމޮލިކާގެ ރޯލުންނެވެ.

އޭގެ އިތުރުން ހީނާ އަންނަނީ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.
ހިޔާލު