Aasandha Kunfuneege Managing Director akah beyfulhaku Ayyankohfi
image
މ. މާފުށީގެ، މަރިޔަމް ޝަފީގު--
0 ކޮމެންޓް
 

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މ. މާފުށީގެ، މަރިޔަމް ޝަފީގު އައްޔަންކުރައްވައިފި އެވެ.
މަރިޔަމް ވަނީ ތައިލެންޑްގެ ޗުލަލޮންގް ކޮން ޔުނިވާސީޓީން ސައިންސް އިން ހެލްތު އިކޮނޮމިކްސް އިން މާސްޓާސް ހައްދަވާފައެެވެ. އަދި އޭނާ އާސަންދައިގެ އެމްޑީއަކަށް މިއަދު އައްޔަން ކުރެއްވިިއިރު ކުރިން މަސައްކަތް ކުރައްވާފައި ވަނީ އެލައިޑް އިންޝުއަރެންސްގެ ޓެކްނިކަލް މެނެޖޭރެއްގެ މަގާމުގައެވެ.

އޭގެ އިތުރުން މަރިޔަމް ވަނީ ސީނިއާ ރެޖިސްޓާޑް ނަރުހެއްގެ ގޮތުގަ އައިޖީއެމްއެޗުގައި އަދި އެންސްޕާގެ ޗީފް އެގްޒެކްޓިވް އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ނާސިން އެންޑް މިޑްވައިފެރީ ކައުންސިލްގެ ރައީސްގެ މަގާމުގައި ވެސް ހުންނެވީ މަރިޔަމް އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އާސަންދައިގެ ނޮން އެގްޒަކްޓިވް ޑިރެކްޓަރުންގެ ގޮތުގައި ވެސް ދެ ބޭފުޅަކު އައްޔަން ކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން، އެދެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. އައިބަހާރު، އާމިލާ ލަތީފް އާއި މއ. ވިކްޓްރީ މުހައްމަދު އާމިރެވެ.

އާސަންދަ އެމްޑީގެ މަގާމުގައި މިހާތަނަން ހުންނެވީ އަހުމަދު އަޒީމެވެ. އަޒީމު އެމަގާމަށް އައްޔަނު ކުރެއްވީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ.
ކުންފުނި އާސަންދަ
ހިޔާލު