Sarukaaruge siyaasathu rangalhu, ekamaku dharani adhaanukurevumuge biru bodu: IMF
image
އައިއެމްއެފް ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ފިިލިޕް.-- ފޮޓޯ: އަވަސް
5 ކޮމެންޓް
 

ސަރުކާރުގެ ސިޔާސަތު ރަނގަޅު، އެކަމަކު ދަރަނި އަދާނުކުރެވުމުގެ ބިރު ބޮޑު: އައިއެމްއެފް

ސަރުކާރު އަދި މަރުކަޒީ ބޭންކުން ގެންގުޅޭ ސިޔާސަތުތައް ރަނގަޅު ކަމަށާއި ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވެ، އަނބުރާ ދަރަނި އަދާނުކުރެވޭ ހާލަތަށް ދިއުމުގެ ބިރު ބޮޑުކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް( އައިއެމްްއެފް) އިން މިއަދު ބުނެފި އެވެ.
މަރުކަޒީ ބޭންކުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ މާލީ ހާލަތު ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އައިއެމްއެފުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ފިިލިޕް ކަރެމް ވިދާޅުވީ ދަރަނިން ސަލާމަތްވާން ސަރުކާރާއި މާލީ އިދާރާތަކުން ގެންގުޅޭ ސިޔާސަތުތައް ރަނގަޅު ކަމަށެވެ.

އެގޮތުން ރާއްޖެ މިހާރު އޮޑީ "ޑެޓް ޑިސްޓްރެސް" އަކު ނޫން ކަމަށާއި ނަމަވެސް އެ ހާލަތު ކުރިމަތިވުމުގެ ބިރު އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ކުޑަ ކުރެވޭނީ ދައުލަތުގެ ދަރަނި އަދި ދައުލަތުން ގެރެންޓީ ދީގެން ނަގާ ލޯނުތައް ވަރަށް ރަނގަޅަށް މެނޭޖް ކުރަން ޖެހޭ ކަމަށާއި، ނަމަވެސް މެދު ރާސްތާ އަށް ބަލާއިރު އަދިވެސް ލަފާކުރެވެނީ އެފަދަ ދަރަނިތައް އިތުރުވާތަން ކަމަށް ފިިލިޕް ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި ބޮޑުވެފައި ވަނިކޮށް އާ ސަރުކާރުން އެކަން ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ވެސް އައިއެމްއެފުން ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން ރާއްޖެ އާ ގުޅުންހުރި ގައުމުތަކުން މާލީ އެހީތައް ޔަގީން ކުރުމަށް އާ ސަރުކާރުން ދުރާލާ މަސައްކަތް ކޮށްފައިވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އައިއެމްއެފުން ފާހަގަ ކުރެ އެވެ.

އޭގެ އިތުރުން ދަރަނި އޮތް ވަރު ބަލައި، އެ މައުލޫމާތުތައް އާ ސަރުކާރުން އާންމު ކުރާތީ އައިއެމްއެފުން ވަނީ މަރުހަބާ ވެސް ކިޔާފަ އެވެ.
ހިޔާލު

ލަކޫ

ތިޔައީ ކުދި ޤައުމުތަށް އަޅުވެތި ކުރަން އުޅޭ ބަޔެއް ރިބާ ކާންދޭން އުޅޭ ބަޔެއް ! ދަރަނީގެ ބޮޑު ބަޔަކީ ރިބާ !

ރެކިފުތާ

ވެއްޓުނު ސަރުކާރުގެ ވަގުން އަތުން ފައިސާތައް ހޯދާއިގެން ދަރަނިތައް ދެއްކޭނެ. މާ ހާސްވާކަށް ނުޖެހޭނެ.

ލަކޫ

ތިޔައީ ކުދި ޤައުމުތަށް އަޅުވެތި ކުރަން އުޅޭ ބަޔެއް ރިބާ ކާންދޭން އުޅޭ ބަޔެއް ! ދަރަނި އެއީ ރިބާގެ ބޮޑުބަޔެއް !

ރައްޔިތުމީހާ.

ކުރީސަރުކާރުން ނަގާފައިހުރި ލޯނުތައް އޮއްވައި އިންޑިއާއަތުން އެއްފަހަރާ މާގިނަ ލާރި ނެގުނެ އެއީ ރަނގަޅުގޮތް؟ ކީކޭ މިކިޔަނީ؟ ގައިމު ނެގި އެއްޗަކުން ދަރަންޏެއް އަދާކުރީމެކޭ ނުބުނޭ. ޙަމަ އަމިއްލ ކެންޕޭނަށް އެބައި ބުރުއްސާނީ. ޙަމަ އެކައްޗެއް

ސުލެއިމާނު

މި ކިޔާބިރު އެންމެ މަތީފަންތީގެ ގައުމުތަކުގަވެސް ހުރެއެންނޫންތަ