Family court ge 3 gaazee aku ehen court thakah
image
ޖޭއެސްސީން ނިންމާފައިވަނީ ދެ ގާޒީއަކު ކްރިމިނަލް ކޯޓަށް އަދި އެއް ގާޒީއަކު ސިވިލް ކޯޓަށް ބަދަލުކުރަން.-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ފެމިލީ ކޯޓުގެ ތިން ގާޒީއަކު އެހެން ކޯޓުތަކަށް

ފެމިލީ ކޯޓުގެ ތިން ގާޒީއަކު އެހެން ކޯޓުތަކަށް ބަދަލު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެގޮތުން ޖޭއެސްސީން އިއްޔެ ނިންމާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ ދެ ގާޒީން ކަމަށްވާ މުހައްމަދު ސަމީރާއި އަހުމަދު ޝަކީލް ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށެވެ. އޭގެ އިތުރުން ހަމަ އެ ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ ގާޒީ ހަސަން ޝަފީއު ސިވިލް ކޯޓަށް ބަދަލުކުރަން ވެސް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އެ ބަދަލުތައް ގެންނަން ނިންމީ އިއްޔެ ބޭއްވި ޖޭއެސްސީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ބަދަލުތަކަކީ ގާޒީންގެ ރުހުމާ އެކު ގެންނަ ބަދަލެއް ކަމަށް އެ ބަޔާނުގައި ބުނެ އެވެ.
ހިޔާލު