Samsung Galaxy S10 Dhiraagun Raajje ah thaarafkohfi
image
ސެމްސަންގް ގެލެކްސީ އެސް 10 ދިރާގުން ރާއްޖެ އަށް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ދިރާގު
1 ކޮމެންޓް
 

ސެމްސަންގް ގެލެކްސީ އެސް 10 ދިރާގުން ރާއްޖެ އަށް ތައާރަފްކޮށްފި

ސެމްސަންގުގެ އެންމެ ފަހުގެ ސްމާޓް ފޯން ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް ދިރާގުން ރާއްޖެ އަށް މިރޭ ތައާރަފް ކޮށްފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފޯން ދިރާގުން ވަނީ ކަސްޓަމަރުންނަށް ދައްކާލާފަ އެވެ. އަދި އަންނަ ހުކުރު ދުވަހުން ފެށިގެން އެ ފޯނަށް ޕްރީ އޯޑާ ކުރަން ހުޅުވާލާނެ އެވެ.

އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ބުނީ ފޯނަށް ޕްރީ އޯޑާ ކުރާތާ ހަފްތާއެއްގެ ތެރޭގައި ކަސްޓަމަރުންނަށް ފޯން ލިބޭނެ ކަމަށެވެ. އަދި ފޯނު ގަންނަ ފަރާތަތްކަށް މުޅިން ހިލޭ ސެމްސަންގްގެ ވަޔަލަސް ހެޑްސެޓް، ގެލެކްސީ ބަޑެއް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ގޮތަށް ސެމްސަންގުން ތައްޔާރުކޮށްފައިވާ ފޯނު މިރޭ ރާއްޖެ އަށް ތައާރަފް ކުރަން ދިރާގުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު މީހަކަށް ވަނީ އެސް 10 އެއް ހަދިޔާ ކޮށްފަ އެވެ.
ހިޔާލު

މަރުމޯލް

އަގުޖެހިނަމަދޯ