Bidheyseen Bidheyseen Mulhugaumuga Bidheyseen!
image
ބިދޭސީންގެ ބަޔަކު ޕާކެއްގައި މަޑުކޮށްލައިގެން-- ފޮޓޯ: ސަން
2 ކޮމެންޓް
 

ބިދޭސީން ބިދޭސީން މުޅިގައުމުގައި ބިދޭސީން!

ދުނިޔޭ ގެ އެހެނިހެން ޤައުމުތަކާ އަޅާބަލާއިރު ދިވެހިރާއްޖެއަކީ ބިމުގެ ގޮތުން މާ ބޮޑު ޤައުމެއް ނޫނެވެ. ޤުދުރަތީ މުންސަނދިކަންވެސް އެހާބޮޑު ޤައުމެއް ނޫނެވެ. ނަމަވެސް ހިމޭން ޤައުމެކެވެ . ދުނިޔޭގެ އެހެނިހެން ޤައުމުތަކާ އަޅާބަލާއިރު އަމާން ޤައުކެވެ. ސަބަބަކީ މިތަނަކީ އަބަދު ތަޅާފޮޅުމާ ހަނގުރާމަތައް ހިނގާ ޤައުމަކަށް ނުވުމުގެ ނަޞީބު ލިބިފައިވާތީ އެވެ. ޤުދުރަތީ ގޮތުން މިޤައުމުގެ ފިނިހޫނުމިން އެއްވަރެވެ. ފިނިކަމުން ކެތް ނުކުރެވޭވަރެއް ﷲގެ އިރާދަ ފުޅުން ނުވެއެވެ. އަދި ހޫނުކަމުންކެތް ނުކުރެވޭ ވަރެއްވެސް އިރާދު ފުޅުން ނުވެއެވެ. މިކަހަލަ މިކަހަލަ ސަބަބުތަކާއި ހެދި ދިވެހިރާއްޖެ އަކީ ވަރަށް އުޅެލަން ފަސޭހަ ތަނެއްގެ ގޮތުގައި ބޭރު ޤައުމުތަކުގެ މީހުން ދެކެއެވެ.
މިހާރު ރާއްޖެ އަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ އެވެ. 1980 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ދަނީ އަންނަމުންނެވެ. ފުރަތަމަ އަންނަން މިފެށީ ސަރުކާރުގެ ފަރާތުން ހިންގާ އެކި މަޝްރޫތަކަށް ބޭނުންވާ މަސައްކަތްތައް ކުރުމަށެވެ. ރާއްޖޭގެ މަގުތައް ހެދުމަށެވެ. މިހާރު ރާއްޖޭގެ ހުރިހާ ދިމާލެއްގައި ހުރިހާ ކަމެއް ކުރަނީވެސް ބިދޭސީންނެވެ. ދަނޑު ވެރިކަން ކުރަނީވެސް ބިދޭސީންނެވެ. މަސްވެރި އުޅަނދު ފަހަރުގައިވެސް ބިދޭސީންނެވެ. ފަހާ ތަންތަނުގައިވެސް މުޅިންވެސް ބިދޭސީންނެވެ. ހޮޓާ ރެސްޓޯރެންޓް ތަކުގަޔާ ފިހާރަތަކުގެ މަސައްކަތު މީހުންގެ ގޮތުގަޔާ މިނެކިރާ މީހުންގެ ގޮތުގަޔާ ސޭޓުންގެ ގޮތުގައިވެސް ބިދޭސީންނެވެ. ހުރިހާ ވައްތަރެއްގެ ވިޔަފާރިއެއްގައިވެސް ހަމަ ބިދޭސީންނެވެ. ދިވެހިންގެ ބޯކޮށައިދީ ތުނބުޅި ބާލައިދެނީވެސް ބިދޭސީންނެވެ. ދިވެހިން ބިދޭސީންގެ ކުރަފަތް ދަށުގައެވެ. އިމާރާތް ކުރުމުގެ ސިނާއަތުގައިވެސް މުޅިންހެންވެސް ބިދޭސީންނެވެ. މީގެ ދުވަސްކޮޅެއް ކުރިން މާލޭގެ ކޮންމެ ގެއެއްގެ ކޮންމެ ގޭ ބިސީ އަކަށް ވަދެ ކުނި ނެރެނީވެސް ކޮންމެވެސް ބިދޭސީ އެކެވެ.

އެއްޒަމާނެއްގައި ދިވެހިންގެ ދިވެހިވަންތަ މަސައްކަތް ތައް ކަމަށް ދެކުނު ދަނޑު ހެއްދުމާއި މަސްކެއްކުމާއި މަސްހިއްކުމާއި ރިހާކުރު ކެއްކުމުގައިވެސް ހަމަ ބިދެސީންނެވެ. ޒަމާނީ ތަރައްޤީ އާއި އެކު ދިވެހިންނަށް މަސައްކަތް ކުރަން ނޭންގެނީ ތޯއެވެ.
މިހާރު ތިބެނީ ދިވެހި ދަނޑުވެރިންނެއް ނޫނެވެ. ދިވެހި ދަނޑުގެ ވެރިންނެވެ. ދިވެހި އޮޑި ވެރިންނެވެ. ފިހާރަވެރިންނެވެ ވިޔަފާރި ކޮށް ހިސާބު ބަލަހައްޓައިދީ ބާޒާރު ކޮށްދީ ނަފާ ހޯދައި ދެނީ އެއްކަލަ ބިދޭސީ މީހާއެވެ.

ދިވެހި ރުއްރުކަށް އަރާކަށްވެސް މިހާރު ދިވެހިންނަކަށް ނުކެރެއެވެ. ރުކަށް އަރާ ރުކުގަ ހުންނަ ކާށި ކޮޅު ނުވަތަ ގަބުޅި ކޮޅު އަޅަން އެނެގެނީވެސް ނުވަތަ ކެރެނީވެސް ބިދޭސީ އަކަށެވެ. ރުކަކަށް އަރއިދޭން އެމީހުން ކީ އަގެއް ދީފައިވެސް އެމީހުން ރުކަށް އަރުވަން މިހާރު މަޖުބޫރެވެ. އެހެންނޫންނަމަ ރުކުގައި ހުރި އެއްޗިހި ރުއްދަށަށް ވެއްޓޭނެ އިރަކަށް ޖެހޭނީ ބަލަހައްޓައިގެން ހުންނާށެވެ. ހަމަގައިވެސް މީގެ ކުރިން މިރުއްރުކަށް އެރީ ހަމަ ދިވެހިންނެވެ . ދެއަތަށް ދެޅާންބާ ދެފަޔަށް ދެޅާންބު ލައިގެން ކިތައްމެ ދިގު ރުކަކަށް އަރާވެސް ރުކުގަ ހުންނަ ކާށި އަޅަނީ ހަމަ ދިވެހިންނެވެ. އެއިރަކު މިރުއްރުކަށް އަރާކަށް ބިދޭސިން ހޯދާކަށް ހިތަކަށްވެސް ނާރައެވެ. ޚިޔާލަކަށްވެސް ނާދެއެވެ. މިހާރު މިނޫން ގޮތެއް ނޯވެއެވެ . ރަށްރަށުގައި ވަލުތެރޭގައި ރުއްރުކުން ވެއްޓޭ ކާށިން ވަލުތެރެ އޮންނަނީ ފުރި ފައެވެ.

ބިދޭސީ އަކާ ނުލާ ފިހާރައެއްވެސް ހޮޓަލެއްވެސް ބުކްޝޮޕެއްވެސް މިހާރު މިވަނީ ނުހިންގޭ ހިސާބަށް ގޮއްސައެވެ. ދިވެހިންނަށް މިވީ ކީއްބާވައޭ ހަމަ ސުވާލު ނުކުރެވޭނެތޯއެވެ. އަޅެ ފަހެ ގާޑިޔަލެއްގެ ކުރުނބާ އެއް ކަނޑައިދޭންެވެސް އެނގެނީ ހަމަ ބިދޭސީ އަކަށެވެ. މަޖާ ތައްޓެއްވެސް ހެދެނީ ހަމަ އެމީހުންނަށޯ ލައެވެ.

އެއްގެއިން އަނެއް ގެއަށް ކައްކައިދޭން ހިނގާ ބިދޭސީ އަންހެނުންވެސް ވަކި ހަމަ މަދެއް ނޫނެވެ. ދެން އެކަމު ދެން ދައްކަން އޮތް ވާހަކަ އަކީ ދިވެހިން ދިވެހިން މިގާޑިޔާ ތަކަށް ގޮސް މިވެރިންތައްޔާރު ކުރާ ކާއެއްޗިހި އެބަކައެވެ. ހޮޓާ ތަކުގައި ކައެއްޗެހި ތައްޔާރު ކޮށްދޭން ކާއެއްޗި ގެނެސްދޭންވެސް މިވެރިންނެވެ.

ދެން މިވެރިން އުޅޭ ކޮންމެވެސް ތަނަކަށް ވަދެލަން ހިނގާށެވެ . 10 ފޫޓް 10 ފޫޓްގެ ކޮޓަރި އެކެވެ. ވިއްސަކަށް މީހުން މިތާ ނިދައެވެ. އެނދުތައް ހުރީ ބަރިބަރިއަށް ނުވަތަ ބަންކު ބެޑް މިބުނާ ގޮތަށް ހަތަރު ބަރިއަށެވެ. ދެފަރާތުގައި މީގެ އެނދުތަކެއް ހެބަހުއްޓެވެ. ބާލީސްތަކުގައި ހުރީ ކޮންކުލައެއް ކަމެއް ރަނގަޅަކަށް ސާފެއް ނުވެއެވެ. މަކުނުވެސް ދުވެއެވެ. މިތާގައި ދަންފަޅި ބަހައިގެނސް ނިދައެވެ. ވަރަށް ހޫނު ގަދައެވެ. ނިދާ ބާލީހެއްގެ ގޮތުގައި ބޯ ދަށުގައި އޮތީ ބާލީހެއް ނޫނެވެ. ކޮންމެވެސް ލަގެޖެއް ނުވަތަ ދަބަހެކެވެ. ލާންގެންގުޅޭ އަންނައުނު ތައް ތަންތާ ބޮނޑި އަކަށް އަޅާފައެވެ. ފާޚާނާ ހުރީ މިތާ އެންމެ ފާޚާނާ އެކެވެ. ހީވާ ގޮތުން މިތާ ޖަހާފަހުރީ ހުދު ތަށި މުއްޓެކެވެ. އެކަމަކު އާންމުކޮށް ހިންގާ ކުޑަ ކުޑަ ތަންކޮޅެއް ހުދު ހެން ހީވާ ގޮތަކަށް އެބަހުއްޓެވެ. ދެން މުޅި ފާޚާނާ އޮތީ ހަަމަ މުށި ކުލައިގައެވެ ފާޚާނާ ތަށި މުޅިން ރަތްވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮންމެސް ވަރަށް ޖަންކުޝަން މައްސަލަވެސް ފާހަގަ ކުރެވުނެވެ.

އެހެން ތަނެކެވެ. 12 ފޫޓް 12 ފޫޓް ތެކެވެ. މިތަނުގައިވެސް އުޅެން ކުންފުނިން ދީފަ ހުރީ 10 މީހުންނަށެވެ. ަނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ މިމީހުންގެ ރައްޓެހިން މިތަންތަނަށް ދުވާލަކަށް 100 ރުފިޔާ ދީގެން ނިދައެވެ. މިގޮތުން މިތަނުގައިވެސް 15 ވަރަކަށް މީހުން ނިދާ ފާޚާނާ ކޮށް ހަދާނެއެވެ.

މަދުން ނަމަވެސް ކުދި ކުދި ކުންފުނިތަކުން ހަދަމުންދާ ތަންތަނުގައިވެސް ބިދޭސީން ނިންދަވައެވެ. ސުވާލަކީ މިތަނުގައި އެމީހުން ތިބެން ހަމަޖައްސައި ދޭއިރު އެމީހުންގެ ފާޚާނާ ކުރުމާ ކަންތައް ކުރަނީ ކިހިނެއްބާވައެވެ. އެކަންތައްވެސް އެމީހުން ހަމަ އެތަނުގައި ހަމަޖައްސާފައި ހުރެއެވެ. އެހެންވީމާ ހަދަމުންދާ އިމާރާތުގެ ވެރިފަރާތް ބޭނުން ކުރަން މިލިބެނީ އޭގެ ފަހުންތާ އެވެ.


ރާއްޖެއިން ކޮންޓްރޯލް ވެފައިވާ ބަލިތައްވެސް މިފަދަ ކަންކަމުގެ ސަބަބުން ފެތުރެން ފަށައިފި ކަމަށް ސިއްހީ ބައެއް މަރުކަޒު ތަކުން ފާހަގަ ކުރެއެވެ. އަދި މިފަދަ ތަންތަނާއި މިފަދަ މީހުންގެ ސަބަބުން ސިއްހީ ކިތައް ބަލިމަޑުކަން ފެތުރޭނެ ތޯއެވެ. މިމީސް މީހުން އުޅޭ ތަންތަނުގެ ފާރު މަތީގަޔާއި ދޮރާށީގެ ބޭރުގައި އަޅުވާފަ ހުންނަ ކާއެއްޗިއްސަށް ޖެހިގަންނަމީދަލާ ބުޅާ މަދެއްނޫނެވެ. ބުޅާ މިއެއްޗެހި މަގމަތީގައި ދަމާލެއް މަދެއްވެސް ނުވާނެއެވެ. މީ ހަމަ ގައިމު ކޮންމެވެސް ދިވެހިބައަކު ގެނެއްސައި ތިބި ބިދޭސީން ތަކެއްގެ ފަރާތުން ކުރިމަތި ވަމުންދާ ކަންތައްތަކެކެވެ.

ބިދޭސީން ރާއްޖެ އަށް ގެންނަނީ ކޮންމެވެސް ދިވެއްސެކެވެ. ރާއްޖެއަކަށް ޤަވާއިދާއި ޚިލާފަކަށް މީހަކަށް އެތެރެއެއް ނުވެވޭނެއެވެ. އެތެރެވާނީ ޤަވާއިދާއި އެއްގޮތަށް ހުރިހާ ލިއެކިއުންތަކެއް ފުރިހަމަ ކޮށްގެންނެވެ. ބިދެސީން ގެ ގަވާއިދުގައި އެމީހުންނަށްވެސް ދޭނެ އުޖޫރަޔާ ކެއުމާއި ނިދާތަނާ ހުރިހާ ކަމެއް ފުރިހަމަޔަށް ދޭން ޖެހޭނެ ކަމަށް އޮވެއެވެ. މަސައްކަތް ކުރުވަން ޖެހޭނެ ގަޑިވެސް އޮވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން 10 ގަޑއިރު ނުވަތަ 12 ގަޑި އިރުވެސް ކިތަންމެ ބުރަކޮށްވެސް މަސައްކަތްކުރުވަފާނެއެވެ.

މޯލްޑިވުސް އިމިގުރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި މިހާރު އެއްލައްކަ ސާޅީސް ހާސް ބިދޭސީން އުޅެއެވެ. އެއީ ގަވާއިދާއި އެއް ގޮތަށެވެ. ޤަވާއިދާއި ޚިލާފަށް 64 ހާސް ބިދޭސީން އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ފެންނާން އެބައޮތެވެ.

ދިވެހިންނަށް އަދިވެސް ނުރައްކަލުގެ ރަނގަބީލު ޖަހަމުންދާ ކަމަށް އިހްސާސް ނުކުރެވޭތޯއެވެ. އަދިވެސް ހަމަ ކޮންމެ ކަމެއް ކުރަންވީކަމުގައިވިއަސް ގެންނަންވީ ބިދޭސީ އެކެވެ. އެއީ މުސްކުޅި މަންމަޔާއި ބައްޕަ ބަަލަންވީ ކަމުގައި ވިއަސް މެއެވެ.
ހިޔާލު

ބަންގާޅި

މިތާންގަ ސޭޓް ހުންނަނީމަ ބަރާބަރު ރުފިޔާ ލިބެނީ ބޮސް މައްސަލަ ނެތީ. ޙޮޓާ ހުންނަނީމަ ބަރާބަރު ކާއެއްޗެހި ލިބެނީ ބޮސް މައްސަލަ ނެތީ. މިރާއްޖޭގަ ބޮރު ފަސޭހަ ހުންނަނީ.

އަލީ

މިތާ ބަލި މީހުން އުފުލަން ހެލިކޮޕްޓަރު ދުއްވަން ތިބޭ 40 މީހުންނަށް ވުރެ ހުއްދަ ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭންސީން މިއީ ހަގީގަތުގައި ގައުމުގެ އިސްތިގުލާލާ މިނިވަންކަމަށް އޮތް މާ ބޮޑު ނުރައްކަލެއް.