Aharauge enme bodu film 40 Plus Premier koffi
image
"40 ޕްލަސް"ގައި ފެނިގެންދާނެ ބައެއް ފަންނާނުން---
0 ކޮމެންޓް
 

އަހަރުގެ އެންމެ ބޮޑު ފިލްމު "40 ޕްލަސް" ޕްރިމިއާ ކޮށްފި

އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށް މަޝްހޫރު ފިލްމީ ތަރި އަދި ޒުވާން ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމު "ފޯޓީ ޕްލަސް" ރޭގައި ޕްރިމިއާ ކޮށްފި އެވެ.
ފިލްމު ޕްރިމިއާ ކޮށްދެއްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ރޭ އޮލިމްޕަހުގައި ބޭއްވި ހަފްލާގައި ފިލްމު އިންޑަސްޓްރީގެ ގިނަ ފަންނާނުން އިތުރުން މިނިސްޓާ އޮފް އާޓްސް އެންޑް ކަލްޗާ ޔުމްނާ މައުމޫން ވެސް ވަނީ ބައިވެރިވެފަ އެވެ.

"40 ޕްލަސް" ފުރަތަމަ ޝޯއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މާލޭގައި ފިލްމު އެޅުވުމަށްފަހު އަތޮޅު ތަކުގައި ވެސް ފިލްމު އުޅުވުމަށް ވަނީ ނިންމާފައެވެ. ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ތ. ބުރުނީގައެވެ.

ހޭޝްޓެގް ދަ ބިގެސްޓް މޫވީ އޮފް 2019 ގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "40 ޕްލަސް" ގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، 'ނޯޓީ40'ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ. އެ ފިލްމުގައި އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް ފެނިގެން ގޮސްފައިވެއެވެ.

އެ ފިލްމަކީ 2017 ވަނަ އަހަރު ނެރުނު ކޮމެޑީ ފިލްމު "ނޯޓީ ފޯޓީ" ގެ ކާމިޔާބީއަށް ފަހު ހަދާފައިވާ އެ ފިލްމުގެ ސީކުއެލް އެކެވެ. އެފިލްމަކީ ރާއްޖޭގެ ސިނަމާ އަށް އައި ފުރަތަމަ ހެއްވާ މަޖާ ބިރުވެރި ފީޗާ ފިލްމު ވެސް މެއެވެ.
ހިޔާލު