ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
/
ބޮލީވުޑް
އާލިއާ އާއި ރަންބީރް--
7 މާޗް 2019
0 ކޮމެންޓް
Tweet
އާލިއާ ގަތް އެޕާޓްމަންޓަކީ ރަންބީރާއެކު އުޅެން ގަތް ތަނެއް ނޫން
ބޮލީވުޑުގައި އަރަމުން އަންނަ ބަތަލާ އާލިއާ ބަޓް ދާދިފަހުން މުމްބާއީ އިން އެޕާޓްމަންޓަކީ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު އުޅުމަށް ގަތް ތަނެއް ކަމަށް އަޑު ފެތުރެމުން ދަނިކޮށް އެއީ ދޮގެއް ކަމަށް އާލިއާ ބުނެފިއެވެ.
އުމުރުން 25 އަހަރުގެ އާލިއާ އެކަމާއި ގުޅިގެން ބުނީ، އެޕާޓްމަންޓެއް ގަތް ހަބަރަކީ ތެދު ހަބަރެއް ނަމަވެސް ދެން އެއާއި ގުޅިގެން ފެތުރުނީ ދޮގު އަޑުތަކެއް ކަމަށެވެ. އަދި އޭނާ މިހާރު ދިރިއުޅެމުން އަންނަ ގެއާ މާދުރު ނޫނުން ހިސާބަކުން ގަތް އެތަނަކީ އޮފީހެއް ހެދުމަށް ގަތް ތަނެއް ކަމަށް އާލިއާ ބުނެއެވެ.
އާލިއާ ވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ފަށަން އުޅޭކަން އިއުލާނު ވެސް ކޮށްފައެވެ. އަދި އެ ޕްރޮޑަކްޝަން ހައުސްއަށް "އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް" ގެ ނަން ދީފައިވާކަމަށް އޭނާ ބުނެއެވެ.
ދެހާސް ބާރަ ވަނަ އަހަރު ނެރުނު ފިލްމު "ސްޓޫޑަންޓް އޮފް އިޔާ" އިން ބޮލީވުޑަށް ތައާރަފުވި އާލިއާއަކީ ބޮލީވުޑުގައި ކާމިޔާބު ފަންނާނެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިލްމީ ދާއިރާގައި ފައި ހަމަކޮށްފައިވާ އާލިއާ ޕްރޮޑަކްޝަނާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު ބަތަލާ އަނުޝްކާ ޝަރްމާ އާއި ޕްރިޔަންކާ ޗޯޕްރާ އަދި ކަންގަނާ ފަދަ ތަރިން ވެސް އަންނަނީ ފިލްމުތައް ޕްރޮޑިއުސް ކުރަމުންނެވެ.
މިދިޔަ މަހު ނެރުނު ފިލްމު "ގަލީ ބޯއީ" އިން އެންމެ ފަހުން ފެނިގެންދިޔަ އާލިއާގެ ކުރިއަށް އޮތް ފިލްމަކީ އޭނާގެ ލޯބިވެރިޔާ އާއެކު ލީޑު ރޯލުން ފެނިގެންދާނެ ފިލްމު "ބްރަހްމަސްތްރާ" އެވެ. އެފިލްމަކީ އަހަރުގެ ފަހުކޮޅު އަޅުވަން ނިންމާފައިވާ ފިލްމެކެވެ.
ގުޅުންހުރި
ބޮލީވުޑް
މުނިފޫހިފިލުވުން
އާލިއާ ބަޓް
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
އަނެއްކާ ވެސް ފިޔަލުގެ އަގު އުފުލިއްޖެ
2 ގަޑިއިރު ކުރިން
ބޯކޮށް ވާރޭވެހި ނައިފަރު މަގުތަކުގައި ފެންބޮޑުވެ 25 ގެއަކަށް ފެން ވަދެއްޖެ
3 ގަޑިއިރު ކުރިން
މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓު
3 ގަޑިއިރު ކުރިން
މަސްތުވާތަކެތީގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ
4 ގަޑިއިރު ކުރިން
އައްޑޫ ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި
4 ގަޑިއިރު ކުރިން