Taapsee date kuran beynun vani Taimur aa
image
ތާޕްސީ އާއި ތައިމޫރް---
0 ކޮމެންޓް
 

ތާޕްސީ ޓޭޑް ކުރަން ބޭނުންވަނީ ތައިމޫރު އާ

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ތާޕްސީ ޕަންނޫ ޓޭޑް ކުރަން ބޭނުންވަނީ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ގެ ދަރިފުޅު ތައިމުރު އަލީ ހާނާ ކަމަށް އޭނާ ބުނެފިއެވެ.
ކެމެރާއާ ރައްޓެހި، ތައިމުރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ. ގިނަ ބޮލީވުޑު ފަންނާނުން ތައިމޫރުގެ މައުސޫމު ކަމާއި ލޯބިކަމަށް ހިތް ދީފައިވާއިރު ތާޕްސީ ވަނީ ތައިމޫރާއެކު ޑޭޓަކަށް ދާން ބޭނުންވާ ކަމަށް ބުނެއެވެ.

ތާޕްސީ އެހެން ބުނެފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބަދްލާ" ޕްރޮމޯޜުކުރުމަށް ބޭއްވި އިވެއްޓެއްގެ ތެރޭގައެވެ. އެއިވެންޓުގައި ތާޕްސީއަށް ވަނީ ބޮލީވުޑު ފަންނާނުންގެ ތެރެއިން އޭނާ ޑޭޓުކުރަން ބޭނުން ވަނީ ކޮން ފަންނާނަކާ ތޯ ސުވާލުކޮށްފައެވެ.

އެގޮތުން އެސުވާލަށް ޖަވާބަށް ތާޕްސި ވަނީ ޑޭޓަށް ދާން އޭނާއަށް ތައިމޫރު ނެގޭނެ ތޯ ސުވާލުކޮށްފައެވެ. އެޖަވާބާއެކު ގިނަ ބަޔަކަށް ހައިރާން ކަމެއް ގެނެސްފައިވާއިރު އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ތާޕްސީ ތައިމޫރުގެ ނަން ބުނީ އެސުވާލަށް އޭނާ ޖަވާބު ދޭން ބޭނުން ނުވާތީއެވެ.

ސައިފާއި ކަރީނާ އާ އެއް ފަދައިން ތައިމޫރަށް ވެސް ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު އޭނާގެ ސަލާމަތީ ކަންކަމާ އޭނާގެ މައިންބަފައިން ވަރަށް ކަންބޮޑުވެއެވެ.
ހިޔާލު