Maternity Leavege gothugai 6 Mas Dheyn Ninamavaifi
image
މެޓާނިޓީ ލީވްގެ ގޮތުގައި މިއަދުން ފެށިގެން ހަ މަސް ދޭން ނިންމައިފި
2 ކޮމެންޓް
 

މެޓާނިޓީ ލީވްގެ ގޮތުގައި މިއަދުން ފެށިގެން ހަ މަސް ދުވަސް ދޭން ނިންމައިފި

މެޓާނިޓީ ލީވްގެ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންނަށް ހަ މަސް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ.
މިއީ 100 ދުވަހުގެ ތެރޭގައި ފުއްދެވުމަށް ރައީސް ވެލައްވާފައިވާ ވައުދެކެވެ. ކ. މާފުށީގައި ބޭއްވި ރެހެންދި އެވާޑު ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މެޓާނިޓީ ލީވްގެ ގޮތުގައި ކޮންމެ އަންހެނަކަށް ހަ މަސް ލިބޭއިރު ޕެޓާނިޓީ ލީވްގެ ގޮތުގައި ފިރިހެނުންނަށް އެއް މަސް ދުވަސް ލިބޭނެއެވެ.

ހަ މަސް ނުވާ ދަރިން ތިބިނަމަ، އެކުދިންގެ އުމުރުން ހަ މަސް ވަންދެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެ ކުދިންގެ މައިންބަފައިންނަށް މިއަދުން ފެށިގެން ޗުއްޓީ ލިބޭނެއެވެ.

މީގެ އިތުރުން ދަރިން ލިބުމުން ވަޒީފާ ދޫކޮށްލާ އަންހެނުންގެ އަދަދު އިތުރުވަމުން އަންނާތީ ކުރިއްށް އޮތް ތަނުގައި ދަރިންނާއެކު ވަޒީފާއަށް ނުކުމެވޭނެ ގޮތަކަށް ކަންކަން ރޭވުން މުހިންމުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ހިޔާލު

ލަކޫ

ދިވެހި ރާއްޖޭގެ އަހުލުވެރިންނަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ މީސްކޮޅު މަދުކަން ރައްރަށުގައި ދިރިއުޅޭނެ މީހުން ނެތިގެން އިޤުތިސާދީ މަސައްކަތް ވެސް ވަނީ މަޑުޖެހިފައި ، ދިވެހި ކޮންމެ ފިރިއަކު ވީހާވެސް ގިނައިން ކާވެނިކޮށް ދަރިން ހޯދާ ދަރިން ތަރުބިއްޔަތު ކުރުން، ކޮންމެ އަންބަކުވެސް ތިމާގެ ފިރިމީހާ ހަތަރު އަންބިންނާއި ކައިވެނިކުރަން މަގުފަހިކޮށްދީ ގިނައިން ދަރިން ހޯދާ ދަރިން ތަރުބިއްޔަތުކުރުން !

އަލީ އަކްބަރު

ދެން މަދުވާ މުވައްޒަފުންގެ މަސައްކަތް ކުރާނީ ކޮން ބައެއްތޯ ؟ މިހާރުވެސް މުވައްޒަފުން މަދުވެގެން ބައެއް މުއައްސަސާ ތަކުގެ މަސައްކަތް ތައް ދަނީ ލަސްވަމުން. ޚިދުމަތް ދަށަށް ހިނގައްޖެ. މުހިންމު ތަންތަނުގެ މަސްއޫލިއްޔަތު މުވައްޒަފުންގެ ދަތިކަމާ ހެދި ނުވެގެން އުޅެނީ. މިކަމާ ރައީސް ވިސްނަވާތޯ؟ ނޫނީ ވޯޓް ހޯއްދަވަން ޖެއްސި ސްޓަންޓެއްތޯ ؟