"India Sifain Baalan" Baahvan Ulhunu Eveny Faskohfi
image
އުމަރު ނަސީރު---ފޮޓޯ:ވީނިއުސް
3 ކޮމެންޓް
 

"އިންޑިއާ ސިފައިން ބާލަން" ބާއްވަން އުޅުނު އިވެންޓު ފަސްކޮށްފި

'އިންޑިއާ ސިފައިން ބާލަން'' މި ނަމުގައި ހުކުރު ދުވަހު ދަރުވާރު ގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓު ފަސްކޮށްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެއިވެންޓު މާދަމާ ދަރުބާރުގޭގެ ހަކުރާ މާލަން ގައި ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް މިއަދު ޕްލޭނިން މިނިސްޓްރީން ފޮނުއްވެވި ސިޓީއެއްގައި ހުކުރު ދުވަހު ދަރުބާރު ގެ މުހިންމު ބޭނުމަކަށް ބޭނުންކުރަން ހަމަޖެހިފައިވާތީ އެތަން އެދުވަހަށް ދެވެން ނެތް ބުނެފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން، އެމާލަން ހިފުމަށް ދެއްކި ފައިސާ މިނިސްޓްރީއަށް ވަޑައިގެން ހަވާލުވުމަށް އެދޭ ކަމަށް ވެސް އެސިޓީގައި ބުނެފައި ވާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު ވިދާޅުވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެން ތަނެއް ލިބޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް އަދި އެއްވެސް ތަނެއް ލިބިފައި ނުވާ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

ދަރިބާރު ގޭގައި ބާއްވަން ނިންމި ހަރަކާތަކީ އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލައި ގައުމީ ހަރަކާތަކްތަކެކެވެ. އެގޮތުން އެހަރަތާކުގެ ތެރޭގައި ސައިކަލު ލޯރީ ބުރާއި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުމާއި މަގުމަތީ ޕޯސްޓަރު ޖެހުން އަދި ކޯޓުތަކަށް މައްސަލަ ވެއްދުމާއި މުޒާހާރާ ހިމެނޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ހިޔާލު

ހަމަރޯޅި

މިއީ ހަމަ މީހަކު ޗާބީ ދިނީމަ ނަށާ ބުދެއް

މުހައްމަދު

އަތްނުފޯރާފަށުގަ ހުންން އެއްޗެއްސަށް ފުމެއެރީމަވާނީ ވަރުބަލި

ޢުމަރު

ތިޔަ އުޅެނީ ދިވެހިންގެ ބޭސް ފަރުވާކުރުން ހުއްޓުވަން