Ranbir aai Alia anna mahu kaiveni kuranee
image
ރަންބީރާއި އާލިއާ އެދެމީހުންގެ މަންމައާއެކު--
0 ކޮމެންޓް
 

ރަންބީރް އާއި އާލިއާ އަންނަ މަހު ކައިވެނި ކުރަނީ

ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަންނަ މަހު ކައިވެނިކުރަން އުޅޭކަމަށް ހަބަރުތައް ބުނެފިއެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅުނުކަމަށް އަޑުތައް އެރިނަމަވެސް އެކަމަށް ދެމީހުން އެއްބަސްވީ ދުވަސްކޮޅެއް ފަހުންނެވެ. އުމުރުން 25 އަހަރުގެ އާލިއާ އާއި 36 އަހަރުގެ ރަންބީރުގެ ކައިވެނީގެ ތައްޔާރީތައް ދެއާއިލާއިން މިހާރު ކުރަމުން އަންނަ ކަމަށް އަޑުތައް އަރަމުން އަންނައިރު ކައިވެނި ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ނިޔޯކުން ގެއެއް ގަތުމުގެ މަސައްކަތް ވެސް ރަންބީރާއި އާލިއާ މިހާރު ކުރަމުން އަންނަ ކަމަށް ވެއެވެ. އެ ދެތަރިން ލޯބީގެ ގޮތުން ގުޅިފައި ވަނީ ދެމީހުން އެކުގައި ފުރަތަމަ ފަހަރަށް މަސައްކަތް ކުރާ ފިލްމު "ބްރަހްމަސްތްރާ"ގެ ޝޫޓިންތަކުގެ ތެރެއިން ކަމަށްވެއެވެ.

ދެހާސް ބާރަ ވަނަ އަހަރު އާލިއާ ފިލްމީ ދާއިރާއަށް ނުކުތް ފިލްމު، ސްޓޫޑަންޓް އޮފް ދަ އިޔާގެ ތަރި ސިދާތު މަލްހޯތްރާއާ އާލިއާ ވަނީ ކުރިން ލޯބީގެ ގޮތުން ގުޅިފައެވެ. އަދި ރަންބީރު ވަނީ ދީޕިކާ އާއި ކެޓްރީނާ ފަދަ ތަރިންނަށް ރައްޓެހިވެފައެވެ. އެކަމަކު އެ ހުރިހާ ތަރިންގެ ތެރެއިން ވެސް ރަންބީރުގެ އާއިލާއަށް އެންމެ ކަމުދަނީ އާލިއާ ކަމަށް ވެއެވެ.




ހިޔާލު