Viheumun Libey Chuhtee Ithurukohdhunumah Sarukaaru Kunfunithakah masakathkurany
image
ކުޅަހަށް ކުރެއްވި ދަތުރުފުޅެއްގައި ތުއްތު ކުއްޖަކު އުރާލައިގެން: ފޮޓޯ ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ވިހެއުމުން ލިބޭ ޗުއްޓީ އިތުރުކުރުމަށް ސަރުކާރު ކުންފުނިތަކުން ވެސް މަސައްކަތްކުރަނީ

ރައީސް ސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެދިލެއްވުމަކަމަށް ސަރުކާރު ކުންފިނިތަކުގެ މުވައްޒަފުންނަށް ލިބޭ މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ސިވިލްސާވިސް މުވައްޒަފުންނާއި އެއްހަމަކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސް އޮފީހުން ބުނީ ޗުއްޓީ އިތުރުކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކުން މިހާރު މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިގޮތުން މިހާރުވެސް ދެ ކުންފުންޏަކުން ވަނީ ވިހެއުމުންލިބޭ ޗުއްޓީ އިތުރުކުރުމަށް ނިންމާފައެވެ. އެއީ މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލްސާވިސް މުވައްޒަފުންނަށް މެޓާނިޓީ ލީވްގެ މުއްދަތު ހަ މަސްދުވަހަށް އައި ޕެޓާނިޓީ ލީވްގެ މުއްދަތު އެއް މަސް ދުވަހަށް އިތުރުކޮށްދެއްވާފައެވެ. އަދި ސަރުކާރު އޮފީސްތަކަށް ދަރިން ގެންދެވޭނެ ގޮތަށް އޮފީސް މާހައުލު ބައްޓަން ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަަމަށް ރައީސުލްޖުމްހޫރިއްވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ މި ބަދަލުތައް ގެންނަނީ ދަރިއަކު ލިބުމުން ގިނަ އަދަދެއްގެ އަންހެނުން ވަޒީފާ ދޫކޮށްލާކަން ފާހަގަވެފައިވަތީ އެ މައްސަލައަށް ހައްލުހޯދައިދިނުމުގެ ބޭނުމުގައިކަމަށެވެ.
ހިޔާލު