Konme Kafihurahakah Fuluheh
image
ފުލުހަކު ކަފިހުރަހެއްގެ ކައިރީގައި--
މާއިދާ މުހައްމަދު ރަޝާދު
3 ކޮމެންޓް
 

ކޮންމެ ކަފިހުރަހަކަށް ފުލުހެއް

މިފަހަކަށް އައިސް އެކްސިޑެންޓުތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 51 އެކްސިޑެންޓު މާލޭގައި އެކަނި ހިނގާފައިވުން މިކަމުގެ ހެއްކަކަށް ފުދެއެވެ. މާލޭގެ ހަލަބޮލިކަމަށް ލުއިއެއް ހޯދައިދޭން ޓްރެފިކް ފުލުހުން ވެސް އަބަދުމެހެން މަގުތަކުގައި ހަރަކާތްތެރިވެއެވެ. ވަކިން ހާއްސަކޮށް ރޭގަނޑަށް އެންމެ ކާރޫބާރޫބޮޑުވާނެ މަގުތަކުގައި އަބަދުވެސް ޓްރެފިކް ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނިގެންދާއިރު މިފަހަކަށް އައިސް މިވަނީ ތަފާތު މަންޒަރެއް ޓްރެފިކް ފުލުހުންގެ ފަރާތުން ފެންނަން ފަށާފައެވެ. އެއީ ކޮންމެ ކަފިހުރަހަކުން މީހުން ހުރަސް ކުރާއިރު އެތަނަށް މަޑުކުރުމަށް ފުލުހުން އިރުޝާދު ދެމުން އަންނަ މަންޒަރެވެ. muni
މާލޭގެ ތޮއްޖެހިފައިވާ މަގުތަކުން މީހުންނަށް ކިރިޔާވެސް ހަމަޖެހުމަކާއެކު ހުރަސްކޮށްލެވޭނެ އެއްތަނަކީ ކަފިހުރަހެވެ. މިދިޔަ މަހުގެ ތެރޭގައި ކަފިހުރަހަކުން މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓުވެ އަންހެނަކު މަރާއި ހަނގުރާމަ ކުރަމުން އަންނައިރު އެތަނުން މަގު ހުރަސް ކުރުމުގައި ވެސް ނުރައްކާ ބޮޑުކަން އެނގެއެވެ.

ކަފިހުރަހުން މީހުން މަގު ހުރަސް ކުރަމުންދާ ވަގުތު ވެސް ދުން ޖަހާފައި އުޅަނދުތައް އަންނާތީ ކަފިހުރަހުގެ މަތީގައި އެޅަނދުތައް ދިއުމަށް ޖާގަ ދީގެން މަގު ހުރަސް ކުރާ މީހުންނަށް ތިބޭ މަންޒަރަކީ އާންމު މަންޒަރެކެވެ. އެކަމަކު، މިފަހަކަށް އައިސް މާލޭގެ ހަލަބޮލި ކޮންމެ މަގެއްގެ ކަފިހުރަސްތައް ކައިރިން ޓްރެފިކް ޕޮލިހުން ފެނެއެވެ. މިއީ ވެސް އެބިރުވެރިކަމުން ހިނގާބިނގާވެ އުޅޭ ފަރާތްތައް ސަލާމަތް ކުރުމަށް ދިވެހި ފުލުހުން އެޅި ފިޔަވަޅެއް ކަން ޔަގީނެވެ.

މަގު ހުރަސްކުރަން ފަސްޖެހިފައި ތިބޭ މީހުންނަށް ހުރަސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަފިހުރަހުގެ ކައިރިން އުޅަނދުތައް މަޑުކުރަވައެވެ. ފުލުހުންގެ އެހީތެރިކަމާއެކު ހިތްހަމަ ޖެހިލައިގެން މަގު ހުރަސް ކުރުމުގެ ފުރުސަތު ލިބުމަކީ ވެސް ހިނގާ މީހުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ފުލުހުންގެ އެމަސައްކަތުގެ ސަބަބުން ކަފިހުރަހުގެ ކައިރީގައި ފުލުހުން ނުތިބޭ ވަގުތުތަކުގައި ވެސް އުޅަނދުތައް ދުއްވާ ފަރާތްތަކުން ކަފިހުރަހުން މީހުން ހުރަސްކުރާނަމަ މަޑުކުރާ މަންޒަރު މިފަހަކަށް އައިސް ފެނުމަކީ ފުލުހުންގެ އެމަސައްކަތުގެ ސަބަބުން މުޖުތަމައަށް ރަނގަޅު އަސަރެއް ކުރަމުން އަންނަ ކަމުގެ ހެއްކެކެވެ.

- ފުލުހަކު ކަފިހުރަހެއްގެ ކައިރީގައި-

މާލެއަށް ނުކަތާ ވަރަށް މާލޭގައި ދުއްވާ އުޅަނދު ފަހަރު ހުރި ކަމީ އެންމެން ވެސް ގަބޫލުކުރާ ހަގީގަތެކަށްވާއިރު ކުޑަ ކުޑަ މި މާލޭގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް ދުއްވާ ތިމާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ނުވިސްނާތާ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަން ބިރުވެރިކަމަށް ވައްޓާލުމަކީ އެއްގޮތަކަށް ވެސް "ކޫލް" ކަމެއް ނޫނެވެ.

އެއްގަމު އުޅަނދު ދުއްވުމުގައި ނުރައްކާތެރިކޮށް ދުއްވައިގެން ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެ ނަމަ 10 އަހަރު ދުވަހަށް ލައިސަންސް ހިފެހެއްޓޭގޮތަށް މިހާރު ވަނީ ގަވައިދަށް ބަދަލުވެސް ގެނެސްފައެވެ. އެކްސިޑެންޓުތަކުގައި އާންމުވެފައި މިވާ ދަނޑިވަޅުގައި މާދަމާ ވެގެންދާނީ އެކްސިޑެންޓުތަކާއި ދެކޮޅަށް ދިވެހިން ބޮޑު ފިޔަވަޅެއް އަޅާނެ ދުވަހަކަށެވެ. އެއީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހެލްމެޓު އަޅަން މަޖުބޫރުވުމެވެ. ހެދިފައިވާ ގަވައިދުތަކަށް ބޯލަނބާ، ދާން ބޭނުންވާ މަންޒިލަށް އަވަހަށް ދިއުމަށް ސްޕީޑު ބާރު ކުރުމުގެ ސަބަބުން މަންޒިލަށް ވާސިލުވުމުގެ ބަދަލުގައި ހޮސްޕިޓަލަށް ދާން ޖެހިދާނެކަން ގަބޫލުކޮށް ދުވެލި މަޑުކޮށްފިނަމަ ތިމާއާ އަނެކާގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ.
ހިޔާލު

އަހްމަދު

ފޫޓަކުން ފޫޓަކުން ފުލުހުން ބޭތިއްބިއަސް ގާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވެންޏާ ނިކުންނާނެ ނަތީޖާޢެއް ނޯންނާނެ... ޓްރެފިކް ޖޫރިމަނާ އަކީވެސް ދައްކަން ޖެހޭ އެއްޗެއް ނޫން... ކޮންމެ އިންތިޚާ ބަކަށް މާފު ކޮށްދޭ ވިއްޔަ...

ކިޔެކޭތަ

ކޮންމެ ގެއެއްގެ ކުރިމަތީގަފުލުހަކު ބަހައްޓައިގެންވެސް ހައްލެއްނެތޭ މާލެޢަށް ރާއްޖޭން ބޭރުންނާއި އެތެރެ އިން މީހުންތައް ދަމައިގަންނަ ބާރު މާބޮޑީއޭ. ޢެބާރު އަދިވެސްއޮތީ ގަދަވާގޮތަށޭ.މާލޭގެ ކުލީގެ މާކެޓް ދަށްވެދާނެ އޭ ވިދާޅުވީ އިގްތިސާދީ ވަޒީރު. މަމެންނަށް ގޮތެއް އޮތްނަމަ މިމާލެ އަކަށް ނައިމުހޭ. ޥެރިކަމަށްއައިސް ފައިބާ ޖަލަށްވަދެ އެސަކަރާތް ޖެހުން ނޫންކަމެއް ނުކުރެތޭ

ޑުރެކިއުލާ

ކ.މާލޭގެ ކޮންމެ ހުރަހެއްގައި ފުލުހަކު ފޯރިމަރާއިރު އައްޑޫ، ލ ލިންކުރޯޑުގަ އެންމެ ފުލުހެއްވެސް އުޅޭތޯ ބަލާލަދީބަލަ. ގައުމަކީ މާލެ، މާލެއަކީ ގައުމު.