Maadhama in feshigen helmet alhan thayyarutha?
image
ބްރިޖު މަތީގައި ދަތުރުކުރަނީ---
4 ކޮމެންޓް
 

މާދަމާ އިން ފެށިގެން ހެލްމެޓް އަޅަން ތައްޔާރުތަ؟

ސިނަމާލެ ބްރިޖް އަދި ބުރިޖާއި ގުޅޭ ހައިވޭގައި މާދަމާ އިން ފެށިގެން ދެ ފުރޮޅުލީ ވެހިކަލް ދުއްވާއިރު ހެލްމެޓް އެޅުން ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ މަޖުބޫރުކޮށްފައެވެ.
އެކަމާ ގުޅިގެން ގިޔަބަޔަކު ހިތް ހަމަ ނުޖެހުން ފާޅުކުރި ނަމަވެސް އެއީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ކުރާ ކަމެއް ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

ބުރިޖާއި، ހައިވޭގައި ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަކީ 25-50 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ކަމަށް ވާއިރު، ރާއްޖޭގައި ހެލްމެޓު އަޅަން މަޖުބޫރުކޮށްފައި ވަނީ އެކްސިޑެންޓުތައް އިތުރުވެ އެތައް ބަޔަކަށް އަނިޔާވެފައިވަނިކޮށެވެ.

ރާއްޖޭގައި ބޭނުން ކުރެވޭނެ ހެލްމެޓްގެ ޝަރުތުތައް ހާމަކޮށްފައިވާއިރު ހެލެމެޓްގައި ހަތް ޝަރުތެއް ހަމަވާން ޖެހެއެވެ.

1. ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ވުން
2. ދަތްދޮޅިދަށުން ހަރުކުރެވޭގޮތަށް ހާއްސަ ކަމަރެއް ހުރުން
3. ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި ތޫނު އެއްޗެއް، ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ނުވުން
4. ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ވުން
5. ހެލްމެޓުގެ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވުން.
6. ހެލްމެޓުގެ ކުލައަކީ ލޮލަށް އުނދަގޫ ނުވާފަދަ ކުލައަކަށްވުން
7. ހެލްމެޓު އެޅުމުން ކާކުކަން ނޭންގޭގޮތަށް މޫނު ނުފޮރުވޭ ހެލްމެޓަކަށް ވުން

އެގަވާއިދާ ހިލަފަށް ދުއްވާ ފަރާތްތައް ފުރަތަމަ ފަހަރަށް 500 ރުފިޔާ އިން ދެވަނަ ފަހަރު 750 ރުފިޔާއިން އަދި ފަހުން ގަވައިދާ ހިލާފުވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެގޮތުން، މައުލޫމާތު ފޯރުކޮށްދޭ ކެމްޕެއިންއެއް ފަށާއި، 5000 ހެލްމެޓް ހިލޭ ބަހެމަކީ ސަރުކާރުގެ ވައުދެކެވެ. އެގޮތުން މާލެ ސަރަހައްދަށް 3000 ހެލްމެޓު ބަހަން ނިންމާފައިވާއިރު އެއީ 500، ކުޑަކުދިންގެ ހެލްމެޓާ 2500 ބޮޑެތި މީހުންގެ ހެލްމެޓެވެ. އެ ހެލްމެޓުތަކުގެ ތެރެއިން ބޮޑެތި މީހުންނަށް ހާއްސަ ކުރެވުނު 2500 ހެލްމެޓު މިހާރު ވަނީ ބަހައި ނިމިފައެވެ.

ހެލްމެޓް އެޅުން މަޖުބޫރު ކޮށްފައިވަނީ މާދައިމް ފަށައިގެން ނަމަވެސް މިހާރު ވެސް ގިނަ ބަޔަކު ސައިކަލު ދުއްވަމުން ދަނީ ހެލްމެޓު އަޅައިގެންނެވެ.
ހިޔާލު

ލަކޫ

މާލޭ ރިންގު ރޯޑްގައި ހެލްމެޓް އަޅައިގެން ދުއްވާ ގޮތަށް އޮތުމަކީ ވަރަށް ބޮޑު އުދަގޫ ދަތިކަމަށް ވާނެ ރިންގު ރޯޑަށް ނިކުންނަ ގިނަ މަގުތަކަކީ ވަންވެ މީހަކު ހެލްމެޓް ނުލާ އެއިން މަގަކުން އޮޅގެން ނަމަވެސް ގޮސް ރިންގު ރޯޑަށް ނުކުމެއްޖެއްޔާ ކިހިނެއްތޯ ހަދާނީ ؟

ނާޅި

ރާއްޖޭގެ އާބާދީ ކުރިޔަށްއޮތް 5 އަހަރު ތެރޭގައި 1 މިލިޔަނަށް އާބާދީ ބޮޑުކުރަންވީ އާބާދީ ކުޑަކަމުން ރަށްރަށުގެ އިޤުތިސާދީ އިމުރާނީ އިޖުތިމާއީ ސިޔާސީ ހަރަކާތްތަށްވަނީ ހުއްޓި މަޑުޖެހިފައި، ތަރައްޤީ ވެފައިވާ ޤައުމުތަށް ތަރައްޤީ ވެފައިވަނީ އެކަށީގެންވާ ރަގަޅު ބޮޑު އާބާދީގެ ސަބަބުން !

އަލީ

ތައްޔާރެއް ނޫން. ލަސްކޮށްލަ ދެއްވާ. އޯޑަރުކުރި ހެލްމެޓް އަދި ނާދޭ.

ވާނުވާ

ފިޔަވަޅު އެޅުން އޭޕްރީލް މަހަށް ފަސްކުރި ވާހަކަ ވެސް އުޅުން؟ ކިހިނެއް ވާ ކަމެއް؟