Dhe Masdhuvahu Thereygai Libunu Aamdhaneege Bodubaeh Musaara ah Heydhakohfi
image
ސިވިލް ސާވިސް ކޮމިޝަނަށް މީހާކު ފޯމެއް ހުށަހަޅަނީ: ފޮޓޯ އައްޑޫލައިވް
0 ކޮމެންޓް
 

ދެ މަސްތެރޭ ލިބުނު އާމްދަނީގެ ބޮޑުބައެއް މުސާރައަށް ހޭދަކޮށްފި

މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީގެ 39 އިންސައްތަ ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހޭދަކުރިކަން ހާމަވެއްޖެއެވެ.
ފިނޭސް މިނިސްޓްރީން ހާމަކުރި 2019 ވަނަ އަހަރުގެ ފެބުރުއަރީަމަހުގެ ދައުލަތުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.2 ބިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ޕެންޝަނުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން 75 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގުޑްސް އެންޑް ސަވިސަސް ޓެކްސްއިންނެވެ. މި ޓެކްސްގެ ތެރޭގައި ޖީއެސްޓީއާއި ޓީޖީއެސްޓީ ހިމެނެއެވެ.

ޖީއެސްޓީއަށް 428.9 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 872.1 މިލިއަން ރުފިޔާއެވެ. އެކު ޖުމްލަ 1.3 މިލިއަން ރުފިޔާއެވެ. ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފާއިތުވި ދެ މަހު ހަރަދުކުރެވިފައިވަނީ 3.4 ބިލިއިން ރުފިޔާއެވެ. އޭގެ ތެރެއިން 81 އިން ސައްތަވަނީ ރިކަރަންޓު ހަރަދުގެ ގޮތުގައި ހޭދަކޮށްފައެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ މުޅި ޖުމްލަ ހަރަދުގެ 19އިން ސައްތައެވެ.

މި މުއްދަތުގައި ކުރަންޖެހުނު ހަރަދަށްވުރެ އާމްދަނީ އިތުރުވުމުގެ ސަބަބުން ބެލެންސްގެ ގޮތުގައި ސާޕްލަސް 778.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ހިޔާލު