Badla ves leak vejje
image
އަމީތާބާއި ތާޕްސީ---
0 ކޮމެންޓް
 

"ބަދްލާ" ވެސް ލީކުވެއްޖެ

ސުޖޯއީ ޖޯޝް ޑައިރެކްޓުކޮށް ނެރޭ ފިލްމު "ބަދްލާ" ވެސް ލީކުވެއްޖެއެވެ.
އަމީތާބް ބައްޗަނާއި ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ އެފިލްމު ނެރެފައިވަނީ އިއްޔެއެވެ. ފިލްމު ނެރުމާއެކު އޮންލައިންކޮށް "ތަމިލް ރޮކާސް" އިން ލީކުވެގެންދިޔައިރު ހަބަރުތައް ބުނާ ގޮތުގައި އެފިލްމު އެއްކޮށް ވަނީ އެސައިޓުން ލީކުކޮށްލާފައެވެ.

ބަދްލާގެ ޓްރެއިލާ އިން ފެނިގެންދަނީ މީހެއްގެ މަރުގެ މައްސަލާގައި ތާޕްސީ ބެދި، އެކަމުން އޭނާ ސަލާމަތްކުރަން އަމީތާބު ކުރާ މަސައްކަތެވެ.

އެގޮތުން ތާފްސީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ ފިރިހެން ކުއްޖާގެ މަރުގެ މައްސަލާގައި ތާފްސީ ހައްޔަރު ކުރާއިރު އޭނާ އެފިރިހެން ކުއްޖާ ދެކެ ލޯބިވޭތޯ އަމީތާބު ކުރި ސުވާލުގައި ތާޕްސީ ވަނީ އޭނާ ލޯބި ވަނީ ހަމައެކަނި އޭނާގެ ދަރިފުޅާއި ފިރިމީހާ ދެކެ ކަމަށް ބުނެފައެވެ.

މީގެކުރިން ވެސް ތާފްސީ އާއި އަމީތާބު އެކުގައި ވަނީ ފިލްމަކުން ފެނިފައެވެ. އެގޮތުން "ޕިންކް" ނަމަކަށް ކިޔާ ފިލްމެއްގައި ދެމީހުން އެކުގައި ފެނިގެންދިޔައިރު އެފިލްމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.

ތަމިލް ރޮކާސް އިން ހެކްނުކުރާ ފިލްމެއް މަދުވާނެއެވެ. މިއަހަރުގެ ކުރީކޮޅު ވެސް ގިނަ ފިލްމުތަކެއް ލީކުކުރިއިރު، އޭގެ ތެރޭގައި ރަޖްނީކާންތުގެ "ޕައްޓާ" އާއި ވިކީ ކައުޝަލްގެ "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" އަދި ކަންގަނާ ރަނައުތުގެ "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" އާއި "ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ އިތުރުން ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ "ގަލީ ބޯއީ" ހިއަދި "ލުކާ ޗުޕީ" ހިމެނެއެވެ.
ހިޔާލު