Australia Hotal akun Mehemaanunah Naslee Thafaathu Kuraakany
image
0 ކޮމެންޓް
 

އޮސްޓްރޭލިއާ ހޮޓަލަކުން މެހެމާނުންނާމެދު ނަސްލީ ތަފާތުކުރަނީ

އޮސްޓްރޭލިއާގެ ހޮޓަލަކުން އެ ހޮޓަލުގައި ތިބޭ މެހެމާނުންނާމެދު ނަސްލީ ތަފާތުކުރާކަން ހާމަވެއްޖެއެެވެ.
ނަސްލީތަފާތުކުރަމުން ގެންދަނީ "އެކާ ހޮޓެލް" ޗެއިންގެ އޮސްޓްރޭލިއާގައި ހުންނަ ހޮޓަލަކުން ތަފާތު ކުރުން ގެންގުޅެފައިވަނީ އޮސްޓްރޭލިއާގެ އެބޯރިޖިން ނަސްލުގެ މީހުންނާއި ދޮން ނަސްލުމުގެ މީހުންނާއި މެދެދުއެވެ. މިގޮތުން ހޮޓަލުގައި ހުރި އެންމެ އާދައިގެ ކޮޓަރިތައް ބޮޑު އަގުގައި އެބޯރިޖިން ނަސްލުގެ މީހުންނަށް ދޫކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

އެ ހޮޓަލުގެ މެހެމާނުންނާމެދު ތަފާތުކުރާކަން ހާމަވެފައިވަނީ ހޮޓަލުގެ މުވައްޒަފަކު އެކަމުގެ މައުލޫމަތު މީޑިއާއަށް ހިއްސާކުރުމުންނެވެ. މިމައްސަލައިގައި ހޮޓާ ހިންގާ "އެކާ ހޮޓެލްސް" ގެ ފަރާތުން ބުނެފައިވަނީ އޮސްޓްރޭލިއާގައި ހުރި އެ ޗެއިންގެ ހޮޓަލުން ހިންގާފައިވާ އަމަލާމެދު ހިތާމަކުރާކަމަށެވެ. އަދި އެ މައްސަލައިގައި ޒިންމާވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުއަޅާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.
ހިޔާލު