Masverinaaeku BML Anhen Muvahzafun mahah
image
އަންހެނުންގެ ދުވަހާއި ގުޅިގެން ބީއެމްއެލްގެ އަންހެން މުވައްޒަފުން މަހަށް ދިއުން-- ފޮޓޯ: ބީއެމްއެލް
0 ކޮމެންޓް
 

ބީއެމްއެލްގެ އަންހެން މުވައްޒަފުން މަހަށް

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ދިވެހި މަސްވެރިންގެ ޖަމިއްޔާ އާ ގުޅިގެން އަންހެންނުންނަށް މަސްވެރިކަން ދަސްކޮށް ދިނުމަށާއި މަސްވެރިކަމުގެ ތަޖުރިބާ އަންހެނުންނަށް ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
އެހަރަކާތުގައި ބޭންކުގެ އަންހެން މުވައްޒަފުންނާއި ގެމަނަފުށީ އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 30 އަންހެނަކު ވަނީ ބައިވެރިވެެފައެވެ.

ބީއެމްއެލުން ބުނީ އަންހެނުން ބާރުވެރިކުރުވައި، މުޖުތަމައުގެ އެއްބައިވަންތަކަމާއި ހަމަހަމަ ކަން ގާއިމް ކުރުމަށް ބީއެމްއެލްއިން އަބަދުވެސް އަހައްމިއްޔަތުކަން ދޭ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން އަންހެނުންގެ މެދުގައި މަސްވެރިކަމުގެ ރޫޙު އާލާވެ، ދިވެހި އަންހެނުނަކީ ކޮންމެ ކަމަކަށްވެސް ކެރިގެން ކުރިމަތިލާ ފިސާރި ކަނބަލުންތަކެއްކަން ދައްކުވައިދީ، ޒަމާނުއްސުރެ ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމަށް ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ އަންހެން މުވައްޒަފުން މަހަށް ދިއުން-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ އަންހެން މުވައްޒަފުން މަހަށް ދިއުން-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ އަންހެން މުވައްޒަފުން މަހަށް ދިއުން-- ފޮޓޯ: ބީއެމްއެލް

އިއްޔެ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ފީނުމާއި، އެންދެމުމެވެ. އެންދެމުމަށްފަހު މަސް ބޭނުމަށްޓަކައި މިއަދު ފަތިހު ދަތުރު ފަށައި، ކަނޑަށް ނިކުމެ ގާތްގަނޑަކަށް ދެ ގަޑިއިރުތެރޭ ވަނީ 300 ކިލޯގެ މަސްބާނާފައެވެ. މަސްބާނައިގެން އެނބުރި އައުމަށްފަހު، މަސް ކެނޑުމާއި އެމަހުން ރިހާކުރު ކެއްކުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

"މަސްވެރިކަން ކުރާ ގޮތް މި ފަދަ ހަރަކާތެއް މެދުވެރިކޮށް އަންހެނުން ދައްކުވައިދީ އެކަނބަލުންނަށް މިފަދަ ފުރުސަތެއް ހޯދައިދެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ދިވެހި އަންހެނުން ހުރި ޝައުގެވެރިކަމާއި، މިފަދަ ކަންކަމަށް ލިބޭ ތަރުހީބު ފާހަގަ ކުރެވޭ. މިފަދަ ހާއްސަ ހަރަކާތެއް ރޭވުމުގައި ބައިވެރި 'ދިވެހި މަސްވެރިން' ޖަމިއްޔާ އަށާއި ބޭންކުގެ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރަން." ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން އެކުންފުނިން ވަނީ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވެއެވެ. އޭގެ ތެރޭގައި އަންހެން މުވައްޒަފުންނަށް ހިލޭ ޕެޑް ލިބޭނެ ގޮތް ހަމަޖެއްސުމާއި އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތްކުރާ ހާއްސަ ދެ ޖަމިއްޔާއަކަށް ފައިސާގެ އެހިތެރިކަންވަނީ ފޯރުކޮށްދީފައެވެ. އެގޮތުން "ފެމިލީ ލީގަލް ކްލިނިކް" އާއި "ވިމެން އިން ޓެކް"، އަށް 46،000 ރުފިޔާ ވަނީ ހަދިޔާކޮށްފައިވެއެވެ.
ހިޔާލު