Raees Yameen ge 32 candidatunnah JP ge thaaeedhu
image
ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް.-- ފޮޓޯ: ވަން
0 ކޮމެންޓް
 

ރައީސް ޔާމީނުގެ 32 ކެންޑިޑޭޓުންނަށް ގާސިމްގެ ތާއީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް އާއި ޕީއެންސީން އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރާ 32 ކެންޑިޑޭޓަކަށް، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ތާއީދުކުރަން ނިންމާފައިވާކަން މިރޭ ހާމަކޮށްފި އެވެ.
ޖޭޕީގެ އޮފީހުގައި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނޫސްވެރިންނަށް ބައްދަލުކޮށް ވިދާޅުވީ، ޖޭޕީ އާއި ޕީޕީއެމް ކޯލިޝަނުގެ ކެންޑިޑޭޓުން 14 ދާއިރާ އަކަށް ވާދަކުރާނެ ކަމަށެވެ. އަދި އެ ދާއިރާ ތަކަށް ޕީޕީއެމް ކޯލިޝަނުގެ ކެންޑިޑޭޓުން ވާދަކުރި ނަމަވެސް ޖޭޕީން ތާއީދު ކުރާނީ އެ ޕާޓީން ނެރޭ ކެންޑިޑޭޓުންނަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަމަވެސް ވަކި ހިސާބަކުން އިތުރަށް މަޝްވަރާކޮށް ދެ ޕަޓީގެ ކެންޑީޑޭޓުންނަށް އެއްބަސްވުމަކަށް އާދެވޭތޯ ބަލާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ރައީސް ޔާމީނުގެ 32 ކެންޑިޑޭޓުންނަށް ތާއީދުކުރާކަން ހާމަކުރި އިރު، ޕީޕީއެމް އާއި ޕީއެންސީން މީގެ ކުރިން ވަނީ ޖޭޕީގެ 27 ކެންޑިޑޭޓުންނަށް ތާއީދު ކުރާނެ ކަން ހާމަކޮށްފަ އެވެ.

ޖޭޕީން ތާއީދުކުރާ ރައީސް ޔާމީނުގެ ކެންޑިޑޭޓުން:

1. މުޙައްމަދު އިސްމާޢީލް (ހޯރަފުށި ދާއިރާ)
2. އިބްރާހީމް ޝުޖާޢު (ބާރަށު ދާއިރާ)
3. މުޙައްމަދު ޙަސަން (ދިއްދޫ ދާއިރާ)
4. ޢަލީ ޢާރިފް (ކެލާ ދާއިރާ)
5. ޢަބްދުއްރަޙްމާން އިސްމާއީލް (ކުޅުދުއްފުށި ދެކުނު ދާއިރާ)
6. ޔަޝްފާ ޢަބްދުލްޣަނީ (މަކުނުދޫ ދާއިރާ)
7. އިބްރާހީމް ރަޝީދު އިދުރީސް (ކޮމަންޑޫ ދާއިރާ)
8. ޢަލީ ސަލީމް (ފުނަދޫ ދާއިރާ)
9. ޙުސްނީ މުބާރިކް (މަނަދޫ ދާއިރާ)
10. އަޙްމަދު ޙުސައިން (އަލިފުށި ދާއިރާ)
11. މުޙައްމަދު ޢަލީ (ދުވާފަރު ދާއިރާ)
12. އިބްރާހީމް ފަލާޙް (އިނގުރައިދޫ ދާއިރާ)
13. މުޙައްމަދު ޢަޠީފް (ތުޅާދޫ ދާއިރާ)
14. އަޙްމަދު ސަލީމް (އޭދަފުށި ދާއިރާ)
15. ޢަބްދުﷲ ނާޒިމް އިބްރާހީމް (ހިންނަވަރު ދާއިރާ)
16. އާދަމް ތައުފީޤު (ކުރެންދޫ ދާއިރާ)
17. އަޙްމަދު ޞިއްދީޤު (ތުލުސްދޫ ދާއިރާ)
18. އިބްރާހީމް ރިޒާ (ގުރައިދޫ ދާއިރާ)
19. އަޙްމަދު ޠާރިޤް (މަހިބަދޫ ދާއިރާ)
20. އިބްރާހީމް ފަޒުލް ރަޝީދު (ފެލިދޫ ދާއިރާ)
21. ހީނާ ވަލީދު (ދިއްގަރު ދާއިރާ)
22. މަރްޔަމް ޖުހައިނާ ޞާދިޤު (މުލަކު ދާއިރާ)
23. ޢަބްދުﷲ ޚަލީލް (ނިލަންދޫ ދާއިރާ)
24. އަޙްމަދު ރަޝީދު (ގައްދޫ ދާއިރާ)
25. ޙަސަން ޚާލިދު (ފުވައްމުލަކު މެދު ދާއިރާ)
26. މުޙައްމަދު ޖިނާން ޖަލީލް (ހިތަދޫ އުތުރު ދާއިރާ)
27. މުޙައްމަދު ޝާހިދު (ހުޅުދޫ ދާއިރާ)
28. ޝެރީނާ ޢަބްދުއްޞަމަދު (މަރަދޫ ދާއިރާ)
29. އިބްރާހީމް ފައިޞަލް (ހުޅުމާލޭ ދާއިރާ)
30. ޖަމީލާ ޢަލީ ޚާލިދު (މައްޗަންގޮޅި އުތުރު ދާއިރާ)
31. ޤީލާ ޢަލީ (މާފަންނު ހުޅަނގު ދާއިރާ)
32. އަސްމާ ރަޝީދު (މާފަންނު މެދު ދާއިރާ)

ޕީޕީއެމް އަދި ޕީއެންސީން ތާއީދު ކުރާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން:

1. ގާސިމް އިބްރާހިމް، މާމިގލީ ދާއިރާ
2. މުހައްމަދު ނާޒިމް، ދަނގެތި ދާއިރާ
3. އަބްދުﷲ ރިޔާޒް، ތިމަރަފުށީ ދާއިރާ
4. އިރުތިޝާމް އާދަމް، ހެންވޭރު ދެކުނު ދާއިރާ
5. ޑރ. މުހައްމަދު ޖަމީލް އަހުމަދު، ވިލިމާލެ ދާއިރާ
6. އައިޝަތު ނާޒިމާ، - ހެންވޭރު ހުޅަނގު ދާއިރާ
7. ހުސެއިން ޝަހުދީ، ހަނިމާދޫ ދާއިރާ
8. މުހައްމަދު ހުސެއިން، ކަނޑިތީމު ދާއިރާ
9. އިލްހާމް އަހުމަދު، އުނގޫފާރު ދާއިރާ
10. ހުސެއިން މުހައްމަދު، މަތިވެރި ދާއިރާ
11. މެމްބަރު މޫސާ ނިޒާރު، ކެޔޮދޫ ދާއިރާ
12. އަހުމަދު މުބީން، ބިލެއްދޫ ދާއިރާ
13. އަލީ ޝާހް، ފުވައްމުލަކު އުތުރު ދާއިރާ
14 އަލީ ހުސެއިން، ކެންދޫ ދާއިރާ
15. ރިޔާޒް ރަޝީދު، ވިލުފުށީ ދާއިރާ
16. އިސްމާއިލް ނަސީރު، ނޮޅިވަރަމް ދާއިރާ
17. އަބްދުﷲ ޝަރީފް، ވައިކަރަދޫ ދާއިރާ
18. ނަސްރުﷲ އިސްމާއީލް، ކުޅުދުއްފުށި އުތުރު ދާއިރާ
19. މާޖިދު ސުލައިމާން، ކާށިދޫ ދާއިރާ
20 އަލީ ހަމީދު، - އިސްދޫ ދާއިރާ
21. އާދަމް އާސިފް، ގަމު ދާއިރާ
23. އަލީ އާދިލް، ގެމަނަފުށީ ދާއިރާ
24. ހުސެއިން ޞާލިޙް، ހިތަދޫ މެދު ދާއިރާ
25. މުހައްމަދު ފަރުހާދު، އައްޑޫ މީދޫ ދާއިރާ
26. އަލްހާން ފަހުމީ، ހެންވޭރު އުތުރު ދާއިރާ
27 އިބްރާހިމް މަމްނޫން، މައްޗަންގޮޅި ދެކުނު ދާއިރާ
ހިޔާލު