Jennifer Lopez engage vejje
image
ޖެނިފާ---
2 ކޮމެންޓް
 

ޖެނިފާ ލޮޕޭޒް އެންގޭޖުވެއްޖެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އޭނާގެ ލޯބިވެރިޔާ އަދި އެމެރިކާގެ ކުރީގެ މަޝްހޫރު ބޭސްބޯޅަ ކުޅުންތެރިޔާ އެލެކްސް ރޮޑްރިގަޒް(އޭ-ރޮޑް) އެންގޭޖުވެއްޖެއެވެ.
ޖެނިފާ އެންގޭޖުވިކަން އޭނާގެ އޮފިޝިއަލް އިންސްޓަގުރާމު މެދުވެރިކޮށް އަންގާފައިވާއިރު އޭނާ ވަނީ އެންގޭހުމެންޓު އަނގޮއްޓި ވެސް ދައްކާލާފައެވެ. އެފޮޓޯ އޭ-ރޯޑް ވެސްވަނީ ހިއްސާކޮށްފައެވެ. އަދި އޭނާއާއި ކައިވެނިކުރަން އެހުމުން ޖެނިފާ ޖަވާބަކަށް އާންއެކޭ ބުނިކަމަށް ވެސް އޭ-ރޮޑް ވަނީ އެޕޯސްޓުގައި ބުނެފައެވެ.

View this post on Instagram

she said yes ♥️

A post shared by Alex Rodriguez (@arod) on


ޖެނިފާ އާއި އޭ-ރޮޑް އެންގޭޖުވެފައިވަނީ ދެއަހަރަށް ވުރެ ގިނަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުގައެވެ. ގިނަ ބަޔަކު މިހާރު އެދެމީހުންނަށް ތަހުނިޔާ ކިޔަމުން އަންނަ އިރު ގިނަ ބަޔަކު މިހާރު ތިބީ ދެމީހުން ކައިވެނި ކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

އުމުރުން 49 އަހަރުގެ ޖެނިފާ ވަނީ މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައެވެ. އަދި އެކައިވެންޏަށް އޭނާ އަށް ވަނީ ދެކުދިން ލިބިފައެވެ. އުމުރުން 43 އަހަރުގެ އޭ-ރޮޑް ވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. އަދި އޭނާގެ ވެސް ދެކުދިން ތިބެއެވެ.

ޖެނިފާ ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި "އައި އޭމް ރިއަލް" އާއި "ޑާންސް އެގެއިން" އާއި "ޕަޕީ" އާއި "ބޫޓީ" އާއި "އޮން ދަ ފްލޯ" އާއި "އިފް ޔޫ ހޭޑް މައި ލަވް" އަދި "އޯލް އައި ހޭވް" ހިމެނެއެވެ.
ހިޔާލު

ސަމީރު

މި އަންހެނާ އަދިވެސް މާ ޅަވެގެން މީހުނާ ހިތާވެގެން ތެޅެނީ. މިހާރު ދިވެހި ޒުވާނުންނަށް ވެސް ކަމުދާނީ މިކަހަލަ އުޅުމެއްނެތް ދައިތައިން

ޖޭލޯ

ކިތައްކައިވެނި ؟