PPM/PNC Fikurah Nudhaanan: Ali Waheed
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: ފޮޓޯ ވީނިއުސް
5 ކޮމެންޓް
 

ޕީޕީއެމް-ޕީއެންސީ ފިކުރަކަށް ނުދާނަން: އަލީ ވަހީދު

އިސްލާހީ މަސައްކަތުގައި އެމްޑީޕީއާއެކު މަސައްކަތްކުރީ ޕާޓީތައް ދޫކޮށް ޕީޕީއެމް-ޕީއެންސީ ފިކުރަށް ނުދާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީޕާޓީގެ ރައީސް އަލީ ވިހީދު ވިދާޅުވެއްޖެއެވެ.
އަލީވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ހުންނެވީ ދިވެހި ގައުމާ ދިވެހި ރައްޔިތުންނާއި ރާއީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އިހުލާސްތެރިވުމަށް ﷲ ގަންދީ ހުވާކުރައްވައިގެން ކަމަށެވެ. މިހެންކަމުން އެމްޑީޕީއާއެކު އިސްލާހީ މަސައްކަތުގައި ގުރުބާނީވި ޖޭޕީ/އާދާލަތު ޕާޓީ/ އެމްއާރުއެމް/ މީހުން ދޫކޮށް ޕީޕީއެމް/ޕީއެންސީ ފިކުރާ ނުދާނެކަމަށެވެ.




އަލީ ވަހީދު މިޓްވީޓް ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޅުގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށާއި އެމްޑީޕީގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ހިޔާލު

އަހުމަދު

ތެދެއް ނުދާނެ . މަޤާމާ މުދަލާ އެއީ އެއްޗަކީ

އަސޮކު

ރިޒޯޓުގެ ހިއްފަސޭހަކަމާއި އަރާމު ފޮނިކަން ލިބުމަށްފަހު ތިޔަހެން ބުނާނެ މަގާމުގެ ދަހިވެތިކަމުގައި. ހިލޭ އަންޑަވޯޓަރ ބަންގަލޯއިން، ބީޗް ބަންގަލޯއިން ނިދަމުން އުޅެމުން، ސްޕާއިން މަސާޖުކުރަމުން، އަންޑަވޯޓަރ ރެސްޓޯރަންޓުން ކައިގެން ބޮއޮގެން އުޅެވެންއޮތްވާ ދޯ؟ އަހަރެންނަށް ގެޓްވޭ، ތިޔަ މަގާމުގައި ހުރިނަމަ އަދި ގާސިމަށް އެއްޗެހި ގޮވާފައި އެމްޑީޕީއަށް ސޮއިވެސްކުރާނަން. އަދި އިބޫ ބުނި ކޮންމެ ކަމެއްކޮށްދޭނަން. އެއީ ފާހަނަ ސާފުކުރަން ޖެހުނު ކަމުގައިވިޔަސް.

ކަންއޮތްގޮތް

ޤާސިމް އެދަނީ ފާޅުގައި ވެރިކަމާއި ޖަދަލުކޮށް ވެރިކަން ބަލިކުރަން ރާވަމުން. ނަމުގަ އެމްޑީޕީއާއި ޢަދާލަތާއި، ކރ. މައުމޫނާއި އިއްތިހާދުވެގެން. އަޑިއަޑިން ކރ. ޔާމީނާއި ދައުލަތުގެ މާލިއްޔަތު ފުޅިއްސާލިމީހުނާއިއެކު. މަޖިލީހުގެ ރައީސަކަށްއިނދެ، ޕާޓީގެ އެތަކެއްމެންބަރުންނެއް ސަރުކާރުގެ މތީމަޤާމުތަކުގައި ބައިތިއްބައިގެން މިހާރުރާވަމުންއެދަނީ ސަރުކާރު ބަލިކޮށް ހުއްޓުވާލަން. މިކަން މިހާރު ހިނގަމުންމިދަނީ ވަރަށްވެސް ފާޅުގައި، މީނަގެދުލުގައި އެއްވެސް އަގެއްނެތް. ރައީސް ޞާލިޙަކީ މިޤައުމު ފާލުންނެއްޓި، ހަލާކުގެތެރެއަށް ވެއްޓެމުންދާތީވެ، އިއްތިހާދުވެގެންތިބި ސިޔާސީ ލީޑަރުންތަކަކާއިއެކުތިބި ދިވެހި ރަޢިއްޔަތުންގެ އެދުމުގެމަތިންނާއި އެދުމާއި އެއްގޮތަށް އެކަން ޤަބޫލުކުރުއްވައި، މަޖިލީސްދޫކޮށް ވެރިކަމަށް ކުރިމަތިލެއްވުމުން ރައްޔިތުންގެ ވޯޓަކުން ހޮވާފަހުންނެވި ވެރިއެއް. އެހެންވީމައި، ރައީސް ޞާލިޙް މިކަމާއިމެދު ގޮތެއް ނިންމަވަންއެބަޖެހޭ. އެއްގޮތަކީ، ޤާސިމަށް އޭނައެއުޅޭގޮތް އަންގައި، ގޮތެއް ޚިޔާރުކުރަން ޖާގަދިނުން. ނޫނީ އެއުޅޭގޮތަކަށް އުޅެންދޫކޮށް އޭނަގެފަޅިން ސަރުކާރާއި މުވައްސަސާތަކަށް ގެނެވިފައިތިބިމީހުން ދުރުކުރުން ނޫނީ އެމީހުންވެސް ޖެހޭނެފަޅިއަކަށްޖެހެން ޖާގަދީ ޤައުމު ހަމަމަގަށް ގެނައުން.

މަސް

ބަލަ މިނިސްޓަރކަމާހެދި މޮޔަވަނީ ތިޔައީ ލާރި ކޫދު

މާރިޔާ

ކަލޭ ހުރެބަލަ ނުގޮސް ޔަހޫދީ ފިކުރާއެކީ. ތީވެސް ބޮނޑި ބައްލަވައި ގަންނަވާފަ ހުރިމީހެއް ދެންހުރޭ. ތިއެމްޑީޕީ ބައިގަނޑާއެކީ. ގާސިމްއަތުން ލާރިގަނޑު މިހާރު ކެވިއްޖެނު. ކަރާ