Helmet alhaigen thibi bayaku thoonu ehchakun hamalaadhee faisaa thakeh feyri ganefi
image
ހެލްމެޓް އަޅައިގެން ސައިކަލް ދުއްވަނީ---ފައިލް ފޮޓޯ:ވީނިއުސް.
2 ކޮމެންޓް
 

ހެލްމެޓް އަޅައިގެން ތިބި ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ފައިސާ ތަކެއް ފޭރިގަނެފި

ހެލްމެޓް އަޅައިގެން ތިބި ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ފައިސާ ތަކެއް ފެރިގަނެފިއެވެ.
ފުލުހުން ބުނީ އެސްބީއައި ކައިރިން ހިނގާފައި ދިޔަ އިންޑިއާ ފިރިހެނެއްގެ އަތުން ފައިސާތަކެއް ފޭރިގަތް މައްސަލަ މިއަދު ހެނދުނު 09:53 ހާއިރު ފުލުހުންނަށް ރިޕޯޓުކޯށްފައިވާ ކަމަށެވެ.

އެގޮތުން އެމީހާ އަތުން ފައިސާ ފޭރިގަތީ ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވެގެން ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެމީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

ފައިސާ ފޭރިގަތް ހަތަރު މީހުން ވެސް ހެލްމެޓު އަޅައިގެން ތިބި އިރު ފުލުހުން އެސަރަހައްދަށް ދިޔައިރު އެމީހުން ވަނީ ފިލާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މާލެ ފޭރުން
ހިޔާލު

ދަރީ

ހެލްމެޓް ހަމައެކަނި ހައިވޭގަ އަޅާގޮތަށް ހަދާ

މޮހޮނާ

އާންކޮބާ މިފެންނަނީ އެތަން މިއޮތީ ވަގުންނައް އެބުނާ ހާސްދުވަސް އައިއްސަ. ދެންފެންނާނީ މުޅިންވެސް ތިމަންޒަރު ތިއަޑު. ހެލްމެޓު އަޅައިގެން ތިބިބަޔަކު މިވެނިކަމެއްކޮއްފި އެވެނިކަމެއްކޮއްފި. މިއޮތީ މޮޅުކަމެއްކޮއްފަމިސަރުކާރުން. ހުރިހާ މޮޅެއްވަގުންނަސާ މީހުންމަރާ ގޭންގުތަކައް . މިމިސަރުކާރުން އެމީހުންނައްވިވައުދު ސަތޭކަތުވހައް ތިހެލްމެޓު އަޅައިގެން ދެން އެވެރިން ދުއްވާނީ ކުރިޔަތްވުރެއްބާރައް. ދެންއެމީހުން ނުވެސްހޯދޭނެ ހެލްމެޓްއެޅީމަކާ. މިހާރުވެސްމިއުޅެނީ އެއްޗެއްނާޅާއިރުގަވެސް ނުހޯދިގެން.