Manaa thanthanugai Cigarette bui 26 meehaku Joorimanaa kohfi
image
ފޮޓޯ: ސަން
1 ކޮމެންޓް
 

މަނާ ތަންތަނުގައި ސިނގިރޭޓު ބުއިގެން 26 މީހަކު ޖޫރިމަނާކޮށްފި

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މަނާތަންތަނުގައި ސިނގިރޭޓު ބުއިމުގެ ސަބަބުން 26 މީހަކު ޖޫރިމަނާކޮށްފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ފުލުހުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ތިމާވެށީގެ ފުލުހުން ވަނީ މަގުމައްޗަށް ކުނި އެޅި، ހަތް މީހަކު ވެސް ޖޫރިމަނާކޮށްފައެވެ. އަދި 47 ކޮންސްޓްރްކްޝަން ސައިޓެއްގެ މައްސަލަ ވެސް ތިމާވެށީގެ ފުލުހުންނަށް ހުށަހެޅުނުއިރު 68 މީހަކަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ތިމާވެށީގެ ފުލުހުންނަށް ހުށަހެޅުނު މަައްސަލަތަކުގެ ތެރެއިން 136 މައްސަލައެއް ހައްލުކޮށްދީފައިވާއިރު 38 މައްސަލައެއް މިހާތަނަށް ހައްލު ނުވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ އިތުރުން ހުށަހެޅުނު ތަފާތު އެކި މައްސަލަތަކާއި ގުޅިގެން ތިމާވެށީގެ ފުލުހުން ވަނީ ނުވަ ގެއަކާއި 10 ފިހާރައަކާއި ދެ ކެފޭ ނުވަތަ ރެސްޓޯރަންޓާއި އޮފީހަކަށް ފިޔަވަޅު އަޅާފައެވެ.

އޭގެ އިތުރުން މިމަހުގެ ފުރަތަމަ ހަފުތާގައި ނެއިބަހޫޑު ސަޕޯޓު އޮފިސަރުން މެދުވެރިކޮށް ވެސް ފުލުހުންނަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ޓްރެފިކް ގަވައިދާ ހިލާފުވުމުގެ މައްސަލަތަކެކެވެ. އެގޮތުން ޓްރެފިކް ގަވައިދާ ހިލާފުވުމުގެ 34 މައްސަލަތަކަށް ނެއިބަހޫޑް ސަޕޯޓު އޮފިސަރުން ވަނީ އެޓެންޑްވެފައެވެ.
ފުލުހުން ސިނގިރޭޓް
ހިޔާލު

ފާތި

މަގުމަތީގައި ސިގެރެޓް ބޮމުން ހިނގާ މީހުން ހުއްޓުވައިދޭނީ ކޮން ދުވަހަކުން ބާ?