Maabandu meehaa Balivehje nama 28 dhuvahuge Chuhty ves musaara aaeku libeyne
image
ސިވިލް ސާވިސް ކޮމިޝަން ހުންނަ އިމާރާތް-- ފޮޓޯ: ސަން
0 ކޮމެންޓް
 

މާބަނޑު މީހާ ބަލިވެއްޖެނަމަ 28 ދުވަހުގެ ޗުއްޓީއެއް ވެސް މުސާރައާއެކު ލިބޭނެ

މާބަނޑު މީހާ ބަލިވެގެން ހުށަހަޅައިފިނަމަ 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭ ގޮތަށް، އަންހެނުން ވިހެއުމުން ދޭ ހަ މަސް ދުވަހުގެ ޗުއްޓީއާ ބެހޭ ގަވައިދު އިސްލާހުކޮށްފިއެވެ.
އެ ގަވައިދުގައި ބުނާ ގޮތުން، މުވައްޒަފަކު ވިހާ ދުވަސް ކައިރިވެފައިވާނަމަ ނުވަތަ ބަލިވެއްޖެނަމަ ނުވަތަ ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭނަމަ، ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމެނޭހެން 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް ދޭން ޖެހެއެވެ. އަދި އެޗުއްޓީގެ ދުވަސްތައް ވިހެއުމުން ދޭ ހަ މަސް ދުވަހުގެ ޗުއްޓީގެ ގޮތުގައި ނުގުނޭނެ ކަމަށް އެ ގަވައިދުގައި ބުނެއެވެ.

އެކަމަކު، އެ ޗުއްޓީ ލިބެނީ ބަލިވެ އިނުމުގެ ސަބަބުން އޮފީހަށް ނުނިކުމެވޭނެ ކަމަށް ބުނެ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ ލިޔުމެއް ހުށަހެޅުމުންނެވެ. އަދި މާބަނޑު ދުވަސްވަރުގެ ކުރީކޮޅުގެ ބަލިވެގެން ހުށަހަޅައިފިނަމަ ވެސް އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބެއެވެ. އެކަމަކު، މުސާރައެއް ނުލިބެއެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކުރިކަން އިއުލާނުކުރައްވާފައި ވަނީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ހިޔާލު