Gasim Coalitionun Vakivikan Vidhaalhuve Adhure Hehdhevee Dhogeh
image
ޕީއެންސީގެ އިންތިގާލީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ): ފޮޓޯ މަޖިލިސް
3 ކޮމެންޓް
 

ކޯލިޝަނުން ޖޭޕީ ވަކިވިކަމަށް ވިދާޅުވެ އަދުރޭ ހެއްދެވީ ދޮގެއް

ޖުމްހޫރީ ޕާޓީން ސަރުކާރު ކޯލިޝަނުން ވަކިވެފައިވާކަމަށް ވިދާޅުވެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ އިންތިގާލީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ، އަދުރޭގެ ތުހުމަތުތަކާ ގުޅޭގޮތުން ސީއެންއެމްއިން ޖުމްހޫރީ ޕާޓީއާއި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނާ ސުވާލުކޮށް އަދުރޭ ދެންނެވި ވާހަކަތައް ސާފުކުރުމުންނެވެ.

ޖުމްހޫރީ ޕާޓީން ކޯލިޝަނުން ވަކިވާން އެދިފައިވޭތޯ ސުވާލުކުރުމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެފައިވަނީ، "އެފަަދަ އެއްވެސްކަމެއް ނޫޅޭ" ކަމަށެވެ. އަދި ކޯލިޝަނުން ވަކިވާން ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވޭތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ހޫދު ވިދާޅުވެފައިވަނީ "ކޯލިޝަން ދެމި އޮންނާނެކަމަށް" ރައީސް ސާލިހު ވިދާޅުވެފައިވާކަމަށެވެ.

އަދުރޭގެ ތުހުމަތުތަކާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސާލިހާ ސުވާލުކުރުމުން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި ކޯލިޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަަމަށެވެ.

ގާސިމް ރޭ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ "ޕީޕީއެމްއާއެކު ކޯލިޝަނެއް ނުހަދަން" ކަމަށެވެ. އަދި ސަރުކާރުގެ ކޯލިޝަނުން ވަކިވިކަމަށް ގާސިމް އެއްވެސް އިރެއްގައި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ކޯލިޝަން ތެރޭގައި ބައްދަލުވުންތައް މަދުވެފައި، އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭކަން ގާސިމް ހާމަކުރެއްވިއެވެ.

ޕީޕީއެމް އަދި ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، ސަރުކާރު ކޯލިޝަން މިހާރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ކޯލިޝަން އުވިގެން ދިޔައީ އެމްޑީޕީން ހެދި ގޯސްތަކުން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް އެނގިފައި ވަނީ 22 ދާއިރާއެއް ޖޭޕީ އަށް ދޫކުރަން [ކޯލިޝަން ޕާޓީތަކުން އެއްބަސްވެފައި އޮތްކަން]. ދުލެއް ނުކުރޭ، އެގްރިމަންޓާ ހިލާފްވާ ހިސާބުން ބާތިލް އެއްޗަކަށް ނޫންތޯ ވާނީ؟ އަނެއްކާ ރައީސް ސޯލިހް ވެސް ވިދާޅުވެފަ އޮންނާނެ ސޮއި ކުރެވިފައި އޮތް އެއްބަސްވުމެއްނެތޭ. އެހެންވީމަ ކޯލިޝަން ނިމުނީއޭ. ކޯލިޝަން ކަންތައް އެ ވަނީ ގޮސްފައި. ކޯލިޝަން ރޫޅިފައި އޮތުމުން ނޫންތޯ އަޅުގަނޑުމެންނާއެކު ޖޭޕީއިން މަސައްކަތް ކުރައްވަން ނިންމާނީ؟ [އަޅުގަނޑުމެންނާ ގުޅެން ނިންމީ] އެބޭފުޅުން އަމިއްލަ ފުޅަށް ވެސް ކޯލިޝަން އޮތް ކަމަށް ގަބޫލު ނުކުރައްވާތީ،" ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދލުވުމުގއި އަދުރޭ ވިދާޅުވި އެވެ.

އަދުރޭގެ މައްޗަށް ކުރެވޭ ބައެއް ތުހުމަތުތައް

ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރައްވާ ރައީސް އަބްދުﷲ ޔާމީންއަށް ތާއިދު ހޯދުމަށް ހިންގާ ކެމްޕޭން ހަރަކާތްތަކުގައި ހުރިހާ ވަސީލަތްތަކާއި ސަރުކާރުގެ މުވައްޒަފުން ބޭނުން ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވުމަކީ ޖިނާއީ ކުށެއް ކަމަށާއި އެ މައްސަލަ ބަލާ އަދަބުދޭން ޖެހޭކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގޮވާލައްވާފައެވެ.

އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން 9 މިލިއަން ރުފިޔާ އަށް "ރެހެންދި-6" އަކުން ދެ ފުލެޓް ބައްލަވައިގެން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފައިވަނީ ވެސް 2018 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ.
ހިޔާލު

ކޯޅި ކޯޅި

އަދުރޭ ފޮގެނޫން ބުނީ ދޮގުކުރަން ބޭނުންވަނީ ޖޕ ގެ ސްލޮޓްތަކުގަތިބި މަގާމައްޓަކާއުޅޭ ބަޔަކާ ގާސިމަށް ކެހިދޭންއުޅޭ އަމިއްލައެދުމުގަތިބި ބަޔަކު. ގާސިމުގެ ބޭނުން ޖެހެނީ ވެރިކަން ހޯދަން. ވެރިކަންލިބުނީ މަހުޖަނުގެ އުދަގުލުން ސަލާމަތްވާންގޮވަނީ.

މާވަޑި ފަލާހް

މަންމާފުޅު އަދުރޭގެ މަޤްސަދަކީ މިފަދަ ދޮގުވާހަކަތައް ދައްކައިގެން މުޖުތަމަޢުގައި ފިތުނަފަސާދަ އުފެއްދުން. ހަމަ ޔަޤީނުންވެސް މީނަ ތިންބަސްބުނެފިނަމަ ދެބަހާއި ބައި އެއީ ދޮގުކަން ހަމަކަށަވަރު

ބޮންދު

ކޮންއިރަކުތަ މީނަ ތެދެއް ހެދީ.
.