Ethiopian Airlinesge Flaighteh Vetti Eygen Dhaturukuri Enemmen Maruvejje
image
0 ކޮމެންޓް
 

އިތޯޕިއާ އެއާލައިންގެ ފްލައިޓެއް ވެއްޓި އޭގެން ދަތުރުކުރި އެންމެން މަރުވެއްޖެ

އިތޯޕިއާ އެއާލައިންގެސް ފްލައިޓެއް ވެއްޓި އޭގެން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.
މިއަދު ވެއްޓިފައިވަނީ އިތޯޕިއަންސް އެއާލައިންގެސް ET302 ފްލައިޓެވެ. ފްލައިޓު ވެއްޓުނުއިރު އޭގެން ދަތުރުކުރި އަށް ކުރޫ މެމްބަރުންނާއި އޭގައި ތިބި ހުރިހާ ޕަސަންޖަރުން ވަނީ މަރުވެފައެވެ. އެވަގުތު ފްލައިޓުގައި 149 މީހުން ތިއްބެވެ. ފްލައިޓު ވެއްޓުނީ އިތޯޕިއާގެ ވެރިރަށް އައްޑިސް އަބާބާ އިން ކެންޔާއަށެވެ. ފްލައިޓު ވެއްޓުނީ އެއާޕޯޓުން ނައްޓާލިތާ ހަތް މިނެޓުތެރޭގައެވެ.

މަންޒަރު ދުށް މީހުނާ ހަވާލާދީ ބީބީސީގައި ބުނެގައިވަނީ ފްލައިޓް ވެއްޓުމާއެކު ބޮޑު އަލިފާން ގަނޑެއް އުފެދުނުކަމަށެވެ. އަދި އެ ސަރަހައްދަށް އެވަގުތު ގާތްވެސް ނުވެވުނުކަމަށެވެ.

ފްލައިޓް ވެއްޓެން ދިމާވި ސަަބަބެއް އަދި ނޭގެ އެވެ. އެހެން ނަމަވެސް އިތޯޕިއާ ސަރުކާރުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ހިޔާލު