Firihen Team aa Aehvara Musaara Dheyn Aemericage Anehen Football Team in Demand koffi
image
އެމެރިކާގެ އަންހެން ފުޓުބޯޅަ ޓީމުން ވަނީ އެންމެފަހުން ބޭއްވި ވޯލްޑްކަޕް ކާމިޔާބު ކޮށްފައި: ފޮޓޯ ބީބީސީ
0 ކޮމެންޓް
 

ފިރިހެން ޓީމާ އެއްވަރަށް މުސާރަ ދޭން އެމެރިކާގެ އަންހެން ފުޓުބޯޅަ ޓީމުން ޑިމާންޑު ކޮށްފި

ފިރިހެން ފުޓުބޯޅަ ޓީމާ އެއްވަރަށް މުސާރަ ދޭން އެމެރިކާގެ އަންހެން ފުޓުބޯޅަ ޓީމުން ޑިމާންޑު ކޮށްފިއެވެ.
އެމެރިކާގެ އަންހެން ފުޓުބޯޅަ ޑީމުން މި ޑިމާންޑުތައް ކޮށްފައިވަނީ އަންހެން ފުޓުބޯޅަ ކުޅުންތެރިންގެ ވޯލްޑްކަޕް ފެށެން 3 މަހަށް ވެފައިވަނިކޮށެވެ. އެންމެ ފަހުން ބޭއްވި އަންހެން ވޯލްޑްކަޕް ހޯދާފައިވަނީ އެމެރިކާއިންނެވެ.

އެމެރިކާގެ ޖިންސީ ހަމަހަމަކަމުގެ ގާނޫނަށް ރިއާއަތްކޮށް އަންހެން ޓީމުންވަނީ ހަމަހަމަކޮށް މުސާރަ ނުލިބޭ މައްސަލަ އެމެރިކާގެ ކޯޓަކަށް ވައްދާފައެވެ. އެ ޓީމުން ތުހުމަތު ކުރާ ގޮތުގައި ފިރިހެން ޓީމާއެއްވަރަށް އެ ޓީމަށް ޕްރެކްޓިސް ކުރުމުގެ ފުރުސަތެއްވެސް ނުލިބެއެވެ.
ހިޔާލު