Mimahuge 28 ge kurin karantu ge agu heyo kuranee
image
ސްޓެލްކޯ ފިފްތް މަވަރ ޕްރޮޖެކްޓްގެ ތެެރެއިން
2 ކޮމެންޓް
 

މިމަހުގެ 28 ގެ ކުރިން ކަރަންޓްގެ އަގު ހެޔޮ ކުރަނީ

މި ހިނގާ މާޗް މަހުގެ 28 ވަނަ ދުވަހުގެ ކުރިން ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އަލީ ވިދާޅު ވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އަޙްމަދު އަލީ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެކަމާއި ގުޅޭ މަޝްވަރާތަކާއި ސާވޭތައް މިހާރު ނިންމާފައިވާ ކަމުގައެވެ.

އަޙްމަދު އަލީ ވިދާޅުވީ އެކަމަށް އެކުލަވާލި ސާވޭގެ ފައިނަލް ޑްރާފްޓް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި މަޝްވަރަތަކާއި ސާވޭގައި ރައީސް އޮފީހާއި އެންވަޔަރމަންޓް މިނިސްޓްރީއާއި ސްޓެލްކޯއާއި ފެންކަ އަދި އެމްޑަބްލިއުއެސްސީ ބައިވެރިވެފައިވާ ކަމުގައެވެ.

ކަރަންޓްގެ އަގު ކުޑަ ކުރުމާއި ރާއްޖެގެ ހުރިހާ ރަށެއްގައިވެސް އެއް އަގެއްގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.
ހިޔާލު

ޢައިސް

ނުބުނޭ އަދި ކުރަން އެފެށެނީ.. 100 ދުވަހުގެ ވައުދެއް އެއީ

ޭްއައިޝާ

ޙާދަ ވަރަކަށް ތިޔަ އަގުހެޔޮ ކުރަނީ ޖަޒީރާ ޖަލްސާ އެއްގަ މީގެ ކުރިން ވެސް އިބޫ ބުނި ކަރަންޓް އަގު ހެޔޮ ކޮއްފި ކަމަށް އަނެއްކާ ހާދަ ރަގަޅޭ