Chinagai Boeing 737 Max-8 Marukaage Flight Udhuhun Manaakohfi
image
ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓެއް: ފޮޓޯ ބްޒްނަސް އިންސައިޑާ
0 ކޮމެންޓް
 

ޗައިނާގައި ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓް އުދުހުން މަނާކޮށްފި

ޗައިނާގައި ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓް އުދުހުން މަނާކޮށްފިއެވެ.
މި މަރުކާގެ ފްލައިޓު ޗައިނާގައި އުދުހުން މަނާކޮށްފައި މިވަނީ އިތޯޕިއަން އެއާގެ ފްލައިޓެއް ވެއްޓި އޭގެ ދަތުރުކުރި 157 މީހުން އިއްޔެ މަރުވުމާ ގުޅިގެންނެނެވެ. މިއީ އެ މަރުކާގެ ފްލައިޓެއް ފާއިތުވީ ފަސް މަސް ދުވަހުގެ ތެރޭގައި ވެއްޓުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން ވެސް ލަޔަން އެއާއިން ބޭނުންކުރި މި މަރުކާގެ ފްލައިޓެއް ވެއްޓި 189 މީހުން ވަނީ މަރުވެފައެވެ.

ޗައިނާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ ފާއިތުވީ ފަސް މަސްދުވަހުގެ ތެރޭގައި ވެއްޓިފައިވަނީ އަލަށް އޮޕަރޭޓު ކުރަން ފެށި ދެ ފްލައިޓުކަމަށެވެ. އަދި ދެ ފްލައިޓު ވެއްޓުމުގައިވެސް އެއްވައްތަރު ކަންތައްތަކެއް އެބަހުރިކަމަށެވެ. ދެ ފްލައިޓުވެސް ވެއްޓިފައިވަނީ ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޮންޓްރޯލުން ނައްޓާލާއިގެންނެވެ.

ޗައިނާއިން ބުނީ އަލުން މި މަރުކާގެ ފްލައިޓުތައް އުދުހުމަށް ފުރުސަތު ދޭނެ ދުވަހެއް އެންގޭނީ ތަހުގީގުތައް ނިމުމުންކަމަށެވެ.
ހިޔާލު