Safaareeakun feenan feybi fathuruveriaku maruvehje
image
ސަފާރީ އެއް: އޭނާ މަރުވީ ހާލު ދެރަވެގެން ފަރުވާދޭން ހޮސްޕިޓަލަށް ގެންދަނިކޮށް.-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ސަފާރީއަކުން ފީނަން ފޭބި ފަތުރުވެރިއަކު މަރުވެއްޖެ

ސަފާރީއަކުން ފީނަން ފޭބި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިން އަށް ފޭބި ޖަޕާން މީހަކު މަރުވީ ހާލު ދެރަވެގެން އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 64 އަހަރުގެ ޖަޕާން ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

ރޭ 24:48 ހާއިރު އެ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނު ކަމަށާއި، އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުއްލި މަރުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފަތުރުވެރިން ގެނބިގެން މަރުވުން ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.
ހިޔާލު