Verikan nulibi Gasim ah hamajehun libeynetha?
image
ރައީސް ސޯލުހު އަދި ގާސިމް އިބްރާހިމް.-- ފޮޓޯ: މިހާރު/ނިޝާން އަލީ
4 ކޮމެންޓް
 

ވެރިކަން ނުލިބި ގާސިމަށް ހަމަޖެހުން ލިބޭނެތަ؟

އާ ގާނޫނު އަސާސީއާ އެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލެވިގެން ބޭއްވި ވާދަވެރި ރިޔާސީ އިންތިހާބު އޮތީ 2008 ވަނަ އަހަރު އެވެ. އެ އިންތިހާބުގައި ވެސް ވާދަ ކުރެއްވި އެވެ. އަދި އެއަށްފަހު 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި އެވެ. އޭގެ އިތުރުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަން މަސައްކަތް ކުރެއްވި އެވެ.
މި ދައްކަނީ ދިވެހިންނަށް އާ ބޭފުޅެއްގެ ވާހަކައެއް ނޫނެވެ؛ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވާހަކަ އެވެ.

ރިޔާސީ އިންތިހާބުތަކުން ފެއިލްވުމާ އެކު ގާސިމް އަބަދު ވެސް ކޮންމެވެސް އެއް ކެންޑިޑޭޓަކާ އެކު ކޯލިޝަން ހަދަ އެވެ. އަދި ތާރީހުން ހާމަވެފައިވާ ގޮތުން، ގާސިމްގެ ތާއީދާ އެކު އަބަދު ވެސް އެ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ވެސް ކުރެ އެވެ.

ގައުމާއި ދީނައްޓަކައި އެއްވެސް އަމިއްލަ އެދުމެއް އިސްނުކޮށް ގާސިމް ކޯލިޝަން ހަދާ ކެންޑިޑޭޓް އިންތިހާބު ކާމިޔާބު ކުރާތާ ކުޑަ ދުވަސްކޮޅެއް ވުމާ އެ ސަރުކާރު ގޯސްވެ އެވެ. ގާސިމް ވިދާޅުވާ ގޮތުން އޭގައި ގޯހީ އެ ސަރުކާރުތަކެވެ؛ ކޮންމެ ސަރުކާރަކުން ވެސް ގާސިމް މަގުމަތި ކޮށްލަނީ އެވެ.

އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުން ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަކިވީ އެވެ؛ ގާސިމް ވިދާޅުވާ ގޮތުން ނަމަ ބޭރު ކޮށްލީ އެވެ. އެއަށް ފަހު ރައީސް ޔާމީނާ އެކު ހެއްދެވި ކޯލިޝަން ރޫޅާލާ، އެ ސަރުކާރުން ވެސް ގާސިމް ބޭރުކޮށްލީ ކަމަށް ވިދާޅުވި އެވެ.

އެ ވާހަކަތަކުގެ ތަފްސީލަށް ދިއުމުގެ ބޭނުމެއް ނެތެވެ. ގާސިމް ވިދާޅުވާ ގޮތަށް އެ ސަރުކާރުތަކުން އެ ބޭފުޅާ ބޭރުކޮށްލެއްވީ ކަމަށް ނިންމަމާ ހިނގާށެވެ.

ނަމަވެސް މި ފަހަރު ކަން މި ހިނގަނީ ކިހިނެއް ހެއްޔެވެ؟ ރައީސް ސޯލިހުގެ ސަރުކާރުން ވެސް ގާސިމް ބޭރު ކޮށްލަނީ ހެއްޔެވެ؟

ގާސިމަށް ހަމަޖެހުން ލިބޭނީ ވެރިކަން ލިބުމުން ކަމަށް ބުނަން މިޖެހެނީ މިހާ ހިސާބުންނެވެ. މި ސަރުކާރުގެ ވަޒީރުންގެ ތެރޭހައި ގާސިމްގެ ޖުމްހޫރީ ޕާޓީގެ ބޭފުޅުން އެބަތިއްބެވެ. ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ޖޭޕީގެ ބޭފުޅުން ބައިވަރެވެ. ސަރުކާރު ކުންފުނިތަކާއި، ބޯޑުތަކުގައި ވެސް އެ ޕާޓީގެ މެމްބަރުން ގިނަ އެވެ.

މި ސަރުކާރާ މެދު ގާސިމް ހިތްޕުޅާ ނުވެގެން އުޅުއްވަނީ، އަންނަ މަހު އޮންނަ އާންމު އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާ އަކަށް ކުރިމަތިލާން ނިންމުމާ އެކު އެވެ. އެކަމަކީ ކޯލިޝަން އެއްބަސްވުމުން މަނާކުރާ ކަމެއް ނޫން ކަމަށް، ކޯލިޝަނުގެ އެހެން ބައިވެރިން ބުނި ނަމަވެސް ގާސިމަށް އެ އަޑެއް ނީވެ އެވެ؛ ގާސިމް ވިދާޅުވަނީ އެއީ ކޯލިޝަން އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

ނަމަވެސް ރައީސް ސޯލިހު ވެސް ވަނީ ކޯލިޝަން އެއްބަސްވުން އޮތީ އެމަނިކުފާނާ ކޯލިޝަން އެހެން ޕާޓްނަރުންނާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށާއި، ހުރިހާ ޕާޓީތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާސީ ކެންޑިޑޭޓާ ދެމެދު ޕާޓީތަކުން ސޮއިކުރި އެއްބަސްވުމުގައި، މަޖިލިސް އިންތިހާބުގެ ގޮނޑިތައް ބަހާލުމަށް ހިމަނާފައި ނުވާ ކަމަށް ވެއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅާ ގާސިމް ދެކޮޅުހައްދަވާއިރު، ކޯލިޝަނުގެ އެހެން ޕާޓީތަކުން ދެކޮޅު ނުހަދަނީ ކީއްވެގެން ހެއްޔެވެ؟ ގާސިމް ނޫން އެހެން ހުރިހާ ސިޔާސީ ލީޑަރުން އިތުރުފުޅު ހައްދަވަނީ ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ގާސިމް، ސަރުކާރުގެ ބިލްތަކަށް އެއްބާރުލުން ނުދެއްވަނީ، އެމްޑީޕީން ހުރިހާ ދާއިރާ ތަކަށް ކުރިމަތިލާން ނިންމުމުން ހެއްޔެވެ؟ ނުވަތަ ހަމަ އެއީ ވެސް ގައުމަށް ކޮށްދެއްވާ ކަމެއް ހެއްޔެވެ؟

"އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާން ދިނަސް ރައީސް ޔާމީނަށް ދެނެއް ތާއީދެއް ނުކުރާނެ" ކަމަށް ވިދާޅުވުމަށް ފަހު އަލުން އެނބުރި އެ މަނިކުފާނާ ގުޅިވަޑައިގަތީ ވެސް ހަމަ ގައުމަށްޓަކައި ހެއްޔެވެ؟ ޕާޓީގެ އިސް ބައެއް ބޭފުޅުން އެކަމަށް ދެކޮޅު ދެކޮޅެވެ. ނަމަވެސް ގާސިމް ގައުމަށްޓަކައި އެކަން ކުރަން ނިންމި އިރު، ގާސިމްގެ ވިސްނުންފުޅުން އެ ވިދާޅުވެވެނީ އަމިއްލަފުޅު ޕާޓީގެ އިސް ބައެއް ބޭފުޅުން ގައުމަށް ހެޔޮގޮތް ދޭނޭ ކަމަށް ހެއްޔެވެ؟

ވެރިކަމަށް އައުމާ އެކު ކޯލިޝަން ޕާޓްނަރުން ގޯސްވުމުގެ ސިޔާސަތެއް ގާސިމް ގެންގުޅުއްވާއިރު، އެ ކަމުގެ ހައްލަކީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުން ނޫން އިތުރު ކޮން ގޮތެއް ހެއްޔެވެ؟
ހިޔާލު

ޓަކިބެ

ގާސިމް ދެކޮޅު ނުވަނީ ގާސިމް އަޑީގަހުރެގެން ޚަރަދުކޮށްގެން އިންތިޚާބަކާނުލާ ވެރިކަމަށްގެނައި ރައީސް ވަހީދު އާ. އެހެން ހުރިހާ ވެރިންނާ ދެކޮޅަށް ފާޅުގަ ކޮންމެ ވެރިކަމެއްގަވެސް ނުކުމޭ. ފުރަތަމަ ނުކުތީ ގާސިމް ސިޔާސީ ދާއިރާ އަށް ނެރެދިން ރައީސް މައުމޫން އާ ދެކޮޅަށް ދެން ރައީސް ނަޝީދު އާ ދެކޮޅަށް ދެން ރައީސް ޔާމީނު އާ ދެކޮޅަށް. މިހާރު ގޯސްވެގެން އެއުޅެނީ ރައީސް ސޯލިހު. ނިމިދިޔަ ރިޔާސީ އިންތިޚާބްގަވެސް ޖޭޕީގެ މެންބަރުންގެ ގޮތުގަތިބި ބައެއް މީހުން ރައީސް ޔާމީނަށް ވޯޓުދިންކަމަށް ބައެއްމީހުން ބުނޭ. ގާސިމް މިހާރު އެދައްކާ ވާހަކައިން އެކަން ގަބޫލުވެސް ކުރެވޭ.

އައްލާބެއްޔާ

ބުރުމާއަކީ މީގެ ސަތޭކަ އަހަރުކުރިން އެއް އަތައް އެނބުރޭ އެއްޗެއް! ނަމަވެސް 21 ވަނަ ގަރުނުގެ ބުރުމާ އެއީ ދެއަތައް އެނބުރޭ! އަދި ބޭނުން ސްޕީޑަކަށް އެނބުރުމުގެ ގާބިލް ކަން ލިބިފައިވާއެއްޗެއް!. ހިލްމު ހުއްޓަސް ޢިލްމެއް ނެތިއްޔާ ވާނީ ކަނޑު ކޮހޮކައް!

ސސ

އޭނަ ނިދި ނާންނާނެ ތަކަމެއް ނުވާހާ ހިދަކު!

އަހުމަދު

ޤާސިމަކަސް ކާސިމަކަސް ވެރިކަން ބޭނުންނުވާނީ ކާކު ވެރިކަމާއި ހެދި އެންމެން އެ އުޅެނީ އަދި ޤާސިމަށްވެސް ލިބިދާނެ އެއްނު.