STO Roadha promotion fashaifi, mifaharu 1 million Rufiya ge aguhuri inaamu
image
އެސްޓީއޯ އެމްޑީ އަމްރު (ވ) އެ ކުންފުނީގެ ރޯދަ ޕްރޮމޯޝަން ފައްޓަވައިދެއްވަނީ.-- ފޮޓޯ: ވަގުތު
0 ކޮމެންޓް
 

އެސްޓީއޯ ރޯދަ ޕްރޮމޯޝަން ފަށައިފި، މިފަހަރު އެއް މިލިޔަން ރުފިޔާގެ އަގުހުރި އިނާމު

އެސްޓީއޯ އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އެއް މިލިޔަން ރުފިޔާގެ އަގުހުރި އިނާމުތަކާއި އެކު ރަމަޒާން ބާޒާރު ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
އިއްޔެ އިން ފެށިގެން އަންނަ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

އެސްޓީއޯ އިން ބުނީ ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނީގެ ހުރިހާ ފިހާރަތަކުން ހެޔޮ އަގުގައި މުދާ ގަންނަން ލިބޭނެ ކަމަށެވެ. އެގޮތުން ޕްރޮމޯޝަންގެ ތެރެއިން 30 ޕަސެންޓާ ހަމަ އަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

"މުދާ ގަތުމުން ވަގުތުން ލިބޭ އިނާމުތަކުގެ އިތުރުން ކޮންމެ ހަފްތާއަކު އެއް ފަހަރު ނަސީބުވެރިއަކު ހޮވާނެ. އަދި ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒެއް ވެސް އޮންނާނެ،" އެސްޓީއޯގެ ސީނިއާ މެނޭޖަރު އައިމިނަތު ޝުރުފާ ވިދާޅުވި އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 500ރ. އިން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް އެސްޓީއޯ އިން ދޫކުރާ ކޫޕަނުންނެވެ.

އެގޮތުން ޕްރޮމޯޝަން ބޮޑު އިނާމުގެ ގޮތުގައި އެއްވަނަ އަށް ހޮވޭ ފަރާތަކަށް 80،000ރ.ގެ އަގުހުރި އިނާމު ލިބޭއިރު، ދެ ވަނަ އަށް ހޮވޭ ފަރާތަކަށް 40،000ރ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 20،000ރ.ގެ އަގުހުރި އިނާމު ލިބޭނެ އެވެ.

އޭގެ އިތުރުން ފިލިޕްސް އެއާ ފްރަޔާ އެއް ގަތުމުން ފެން ހޫނު ކުރާ ޖަގެއް ހިލޭ ލިބޭނެ އެވެ. އަދި މަކިޓާ ބްރޭންޑްގެ 30،000ރ. އިން މަތީ ވިޔަފާރި ކުރާ ކޮންމެ މީހަކަށް ސަފްރައިޒް އިނާމުތަކެއް ލިބޭނެ އެވެ.
ހިޔާލު