Sarukaaruge furathama PSIP Project gai SJ Construction aai eku soi kohfi
image
ފިޝަރީޒް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން.
1 ކޮމެންޓް
 

ސަރުކާރުގެ ފުރަތަމަ ޕީއެސްއައިޕީ ޕްރޮޖެކްޓުގައި އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސޮއިކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ޕަބްލިކް ސެކްޓާ އިންވެސްތްމަންޓް (ޕީއެސްއައިޕީ) ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު މިއަދު ސޮއި ކޮށްފި އެވެ.
ސަރުކާރުގެ ފުރަތަމަ ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ގޮތުގައި ސޮއި ކުރީ މަނިޔަފުށީގައި މެރިކަލްޗާ ރިސާޗް އެންޑް ޑިވެލޮޕްމަންޓު ފެސިލިޓީ ގާއިމް ކުރުމަށެވެ. ވޯލްޑް ބޭންކާއި ސަރުކާރުން ހަރަދު ކޮށްގެން ހިންގާ ޕްރޮޖެކްޓްގެ އަގަކީ 38.6 މިލިޔަން ރުފިޔާ އެވެ.

"މި ސަރުކާރުގެ ޕީއެސްއައިޕީ ފުރަތަމަ ޕްރޮޖެކްޓް އަޅުގަނޑުމެންނަށް ހަވާލުކުރުމަކީ، ދައުލަތަށް އަޅުގަނޑުމެން ދީފައިވާ ޕްރޮފެޝަނަލް ހިދުމަތްތަކުގެ ނަތީޖާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ސަރުކާރުގެ ބޮޑެތި އެތައް ޕްރޮޖެކްޓްތަކެއްގެ މަސައްކަތްތައް ކާމިޔާބުކަމާ އެކު ނިންމާފައިވާ އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު "ސީއެންއެމް" އަށް ވިދާޅުވި އެވެ.


އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެސްޖޭގެ އެމްޑީ ޝާހިދު (ކ-2) އަދި އެސްޖޭގެ ޑިރެކްޓަރު ޝިހާރު (ކ).

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޔާމީން "ސީއެންއެމް" އަށް ވިދާޅުވީ، އެއްބަސްވުމުގައި ބުނެފައިވާ ގޮތުން ސޮއި ކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭނެ އެވެ.

އެގޮތުން އެގްރީމަންޓްގައި ސޮއި ކުރާ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން އެއްބަސްވެފައިވާ ޕްރޮޖެކްޓްގެ ދަށުން މަނިޔަފުށީގައި އެކޮމަޑޭޝަން ބްލޮކަކާއި، އޮފީހެއްގެ އިތުރުން މިސްކިތެއް އަޅާނެ އެވެ. އަދި ވެއާހައުސް އަކާއި ޖެޓީ ހެދުމުގެ މަސައްކަތް ވެސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާނެ އެވެ.
ހިޔާލު

ކަބަށި

ތިއީ ވޭތުވެދިޔަ 5 އަހަރުތެރޭ އުފެދުނު ބައެއް ސަރުކާރު ހުރިހާ މަސައްކަތެއް ދެނީ ތިގްރޫޕަށް ޕާޓީއަށް ބައެއްދޭގޮތަށް މިހާރުދެން ބައިއަޅާ ޕާޓީ ބަދަލުކޮށްލީމަ އަނެއްކާވެސް ހަމައެގޮތަށް ޕްރޮޖެކްޓްތައް ލިބޭނެ