Sonevafushee gai hunna kuni manage kuraa eco center gai alifaan roavejje
image
އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ---ފޮޓޯ:ޕީއެސްއެމް.
1 ކޮމެންޓް
 

ސޮނޭވާފުށީގައި ހުންނަ ކުނި މެނޭޖްކުރާ އީކޯ ސެންޓަރުގައި އަލިފާން ރޯވެއްޖެ

ސޮނޭވާފުށީގައި ހުންނަ ކުނި މެނޭޖްކުރާ އީކޯ ސެންޓަރުގައި އަލިފާން ރޯވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެއަލިފާން ރޯވެފައިވަނީ މިއަދު މެންދުރު 12:30 އެހާކަށްހާއިރު އެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފުލުހުންގެ އިތުރުން އެރިސޯޓާ ޖެހިގެން އޮންނަ ރޯޔަލް އައިލެންޑުގެ އަލިފާން ނިއްވާ ޓީމާއި ދުސިތުތާނީ އައިލެންޑުގެ ސްޓާފުންނާއި ވެސް ހަރަކާތްތެރިވެފައެވެ.

އެނގިފައިވާ ގޮތުގައި އެއަލިފާން ރޯވީ އެތަނުގައި ހުރި ލަކުޑިތަކެއްގައެވެ. އަދި އެތަނުގައި ގިނަ އަދަދެއްގެ ދަރާއި ފަން ފަދަ، ފަސޭހައިން އަލިފާން ހިފާ ޒާތުގެ ތަކެތިވެސް ހުރެއެވެ.

އެހާދިސާ އާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. މިއީ މިއަހަރުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ހަތަރު ވަނަ ރިސޯޓެވެ.

ސޮނޭވާފުށީގެ އީކޯ ސެންޓްރޯއަކީ އެ ރިސޯޓުގައި އުފެދޭ ހުރިހާ ކުންޏެއް މެނޭޖުކުރުމުގެ މަސައްކަތްކުރާ ޕްލާންޓެވެ.
ހިޔާލު

ޖެސްޕަރޯ

މާ މޮޅައް މެނޭޖް ކުރެވުނީ ކަންނޭގެ🤣🤣