Majlis gai adhaalath party ge bodu hihsa eh othun muhimmu: Imran
image
މިނިސްޓަރު އިމްރާން ބައްދަލު ވުމެއްގައި: ފޮޓޯ ހޯމް މިނިސްޓްރީ
0 ކޮމެންޓް
 

މަޖިލީހުގައި ޢަދާލަތު ޕާޓީގެ ބޮޑު ހިއްސާއެއް އޮތުން މުހިއްމު: އިމްރާން

މިއަހަރު އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޢަދާލަތު ޕާޓީގެ ބޮޑު ހިއްސާއެއް އޮތުން މުހިއްމުކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ޕެންޝަން ފައިސާއިން ފަރުޟު ހައްޖު ވެވޭގޮތަށް ގާނޫނަށް ގެނައި އިސްލާހު އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީގް ކުރެއްވުމުން ކުރެއްވި ޓްވިޓެއްގައެވެ.
އިމްރާން ވިދާޅުވީ ހަރުދަނާ އުސޫލެއްގެ ދަށުން ޕެންޝަން ފައިސާއިން ހަރުޟު ހައްޖު ވެވޭނެ މަގުފަހޮކޮށް ދިނުމަކީ ޢަދާލަތު ޕާޓީން ހުށަހެޅި މެނިފެސްޓޯގެ ސަތިރީސް ސިޔާސަތުގައި ހިމެނޭ ވައުދެއް ކަމުގައެވެ.

އިމްރާން ވިދާޅުވީ ރައްޔިތުން އެދޭ މިފަދަ އިތުރު ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަޖިލީގިގައި އަދާލަތު ޕާޓީގެ އެކަށީގެންވާ ހިއްސާއެއް ވަރަށް މުހިއްމު ކަމުގައެވެ.
ހިޔާލު