Yameen raajje in beyrah gendhiumah doctorun lafaa dheefi: Abdulraheem
image
ޔާމީންގެ ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަދާދީފި: އަބްދުއްރަހީމް
11 ކޮމެންޓް
 

ޔާމީން ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފި: އަބްދުއްރަހީމް

އެމްއެމްޕީއާރުސީގެ ވައްކަމުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑަރ ކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާއާއި ގުޅިގެން ބަންދުގައި ބަހައްޓާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަދި މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީއާއި ޕީޕީއެމް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވަނީ ހަދަން ޖެހޭ ބައެއް ޓެސްޓްތައް ރާއްޖެއިން ހެދެން ނެތުމުން ކަމުގައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ބޭސްފަރުވާއަށް ބޭނުންވާ ބައެއް ޓެސްޓްތައް ރާއްޖެއިން ހެދެން ނެތްކަމުގެ ލިއުން ޑޮކްޓަރުން ދީފައިވާ ކަމުގައެވެ. އަދި ރައީސް ޔާމީން ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާ ވެސް ދީފައިވާ ކަމުގައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހަލަތާއިމެދު ހުރި ކަންބޮޑުވުންތައް ސަރުކާރާއި އެކި މިނިވަން މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަމުގައެވެ. ނަމަވެސް އެކަމުގައިއެއްވެސް އަލިމަގެއް ފެނިފައި އަދި ނުފެންނަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް މަނީލޯންޑްރީ ކުރުމުގެ އިތުރުން އެކަމުގައި ދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމަތު ދިނުމުގެ ކުށުގައެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލުގައި ރައީސް ޔާމީން ހުންނެވީ، ރައީސް ޔާމީންގެ ވެރިކަމުގައި ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްވެސް ބަންދުގައި ބަހައްޓާފައި ހުންނެވި ގޮޅީގައެވެ.

ބޭސްފަރުވާއަށް ރައީސް ޔާމީން އައިޖީއެމްއެޗްގައި އެންމެ ފަހުން އެޑްމިޓް ކުރެވިފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އަދިވެސް ރައީސް ޔާމީން އޮންނެވީ އައިޖީއެމްއެޗްގައެވެ.

ރައީސް ޔާމީން މިދިޔަ މަހުގެ 18 ވަނަ ދުވަހު ޖަލަށް ގެންދެވުނު ފަހުން ތިން ފަހަރެއްގެ މަތިން ހޮސްޕިޓަލަށް ގެނެވިވަނީ އެޑްމިޓް ކުރެވިފައެވެ.
ހިޔާލު

ގޮބޮޅި

ޑަކްޓަރު އަދުރޭތޯ ލަފާދިނީ

ކަންއޮތްގޮތް

މިއެނގުނީ ޑީލު ހެދިފަ އޮތްގޮތް. ފިސާރި ފޮނުތަކެއްއަރުވާފަ ކުލަތަކެއް ދައްކާފަ ވައްތަރެއްގެ ޝަރީޢަތްތަކެއްވެސް ކޮށްފަ، ބޭސްފަރުވާއަކަށްދާން ހުއްދަދިނީމަ ގޮސް، ކޮންމެވެސް އެކިވެރި ޤައުމެއްގެ ޙިމާޔަތުގައި ރާއްޖޭންބޭރުގައި އުޅެވޭގޮތަށްކަން. ހަމަހިލާ މިހިންވެގެނެއްނުވާނެ. ކޮމެންޓުތަކުގައި އެބުނާހެން ސާންޕަލް ފޮނުވިދާނެ. ޑޮކްޓަރުން ގެނެވިދާނެ. އެކަމަކު މީނަބޭރަށްދިޔަދީގެންނުވާނެ.

ޓަވިޔަނި

ތިކަމާ މަސައްކަތް ކުރާތާ ވަރަށް ދުވަސަ ވެއްޖެ. ތިޔަ ލަފާދިން ޑޮކްޓަރުގެ އެކައުންޓުވެސް އަދި އާއިލީ މީހުންގެ އެކައުންޓު ވެސް ބަލާލާތި ޓިޕްސް ލިބިފައި ހުރިތޯ..
އަދި ދިވެހި ދައުލަތުން ދަވާލި ފައިސާ އަނބުރާ ދިނީމާ ނޫނީ ޔާމިނަށްވެސް ބޭރަށް ބޭސްފަރުވާއަށް ދެވިގެން ނުވާނެ. ޢަދީބަށް ހަމަ ތިޔަ ހުކުން ހިނގީ ޔާމިނުގެ ވެރިކަމުގަ.

ކޮތަރު

ލާރިކޮޅުދެއްކީމަދެވޭނީ !!

މސ

ޔާމީންގެ ގެންދަން ޖީއްވެ ޑރ. ލަފާދިނީ. ގެދޮރު އެހެން ގެނދެވޭނެ ނަމަ މަވެސް ގެންދިޔާމުސް🤔

ސައްދާމް

ޔާމީންގެ ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަދާދީފި: ޑރ.އަބްދުއްރަހީމް

192.168.1.1

ސިފައިންނާއެކު ފޮނުވާ ތި އެހެން ނޫނިއްޔާ ތި ގޯލާ ފިލާނެ. ލުތުފީހެން

އަހުމަދު

ދެންތިޔަ ސަލާމަތްވާ އެއްނު... ކޮންމެ މީހަކު ޖަލަށްލިއޭ ބުނާ އަޑުއިވޭއިރަށް ދެން މިއިވެނީ ހާލު ސީރިއަސްވާ ވާހަކަ.... ބޭރަށް ދެވުނީ އޯކޭ ވީ.... މީހެއްގެ މައިބަދަ ވެސް ފުޑުފުޑުވި އެކަމަކު...؟

މި ރައީސް

ޓެސްޓު ހަދަން ބޭނުންވާ ސާމްޕަލް ބޭރަށް ފޮނުވާ. މީހާ ފޮނުވާކަށް ނުޖެހޭ.

މި ރައީސް

ރާއްޖޭގެ އެކައުންޓުގައި އެކަނި 100 މިލިއަން ހުރި މީހަކަށް ބޭރުން ބޭނުން ޑޮކްޓަރަކު މާލެ ގެނެސްގެން ބޭސް ކުރެވޭނެ.

މި ރައީސް

"ބޭރަށް ދެވޭނީ ދައުލަތުން ގެއްލިނު ފައިސާ އަބުރާ ދީފަ"