Israel Aky Hamaekani Yahoodheege Gaumeh: Netanyahu
image
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: ފޮޓޯ އަލް މޮނިޓާރ
0 ކޮމެންޓް
 

އިޒްރޭލަކީ ހަމައެކަނި ޔަހޫދީންގެ ގައުމެއްކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

އިޒްރޭލަކީ ހަމައެކަނި ޔަހޫދީންގެ ގައުމެއްކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ނަތަންޔާހޫ މިހެން ވިދާޅުވެފައިވަނީ އިޒްރޭލުގެ ޓީވީ އެކްޓަރެއްގެ އިންސްޓަގްރާމް ޕޯސްޓަކަށް ކޮމެންޓް ކުރައްވަމުންނެވެ.

"ބޭސިކް ނޭޝަނަލިޓީ ޤާނޫނު ބުނާގޮތުން އިޒްރޭލަކީ ހަމައެކަނި ޔަހޫދީންގެ ގައުމެއް. އެކަން އޮންނާނީ އެގޮތަށް،" ނަތަންޔާހޫ ކުރެއްވި ކޮމެންޓުގައި ވިދާޅުވެފައިވެއެވެ.

ނަތަންޔާހޫ މިހެން ވިދާޅުވުމުން އިޒްރޭލުގެ އެތައް ބަޔަކުވެސް ވަނީ އޭނާ އަށް ފާޑުކިޔާފައެވެ. ސަބަބަކީ އިޒްރޭލުން މިވީތަނަށް މަސައްކަތް ކުރަމުން ދިޔައީ ފަލަސްތީނު އުވާލައި ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އިޒްރޭލުގެ ރަށްވެހިކަން ދިނުމަށެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ނަތަންޔާހޫގެ ޕޮލިސީތައް ބޮޑަށް ބައްޓަން ކޮށްފައިވަނީ ވެސް އިޒްރޭލުގައި ދިރިއުޅޭ ހިބުރޫ/ޔަހޫދީ ނަސްލުގެ މީހުންނަށް އެކަނި މަންފާވާ ގޮތަށެވެ. މިގޮތުން އަރަބި ބަހަކީ އިޒްރޭލުގެ ރަސްމީ ބަހެއްގެ ގޮތުގައި އޮތް އޮތުން ވެސް ވަނީ އުވާލާފައެވެ. މިހާރު އިޒްރޭލުގެ ރަސްމީ ބަހަކީވެސް ހަމައެކަނި ހިބުރޫ ބަހެވެ.
ފަލަސްތީނު
ހިޔާލު