India-Pakistan Railway Alun Hulhuvaifi
image
0 ކޮމެންޓް
 

އިންޑާ-ޕާކިސްތާނު ރެއިލްވޭ އަލުން ހުޅުވައިފި

އިންޑާ-ޕާކިސްތާނު ފްރެންޑްޝިޕް ރެއިލްވޭ ނުވަތަ ސަމްޖުހައުޓާ އެކްސް އަލުން ހުޅުވައިފިއެވެ.
މި ރެއިލްވޭ މިދޭތެރެއިން ބަންދުކޮށްފައިވަނީ ކަޝްމީރު މައްސަލައިގައި އިންޑިއާއި ޕާކިސްތާނާއި ދެމެދު އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

ސަމްޖުހައުޓާ އެކްސްޕްރެސްގެ ރޭލުތައް ދަތުރުކުރަނީ އިންޑިއާއި ޕާކިސްތާނާ ދެމެދުއެވެ. މި ރޭލުވޭގެ ރޭލުތަކަށް ދަތުރުކުރެވެނީ އިންޑިއާގެ ބޯޑަރުންނާއި، ޕާކިސްތާނުގެ ބޯޑަރުން ދަތުރުކުރުމަށް އޮންނަ ދަނގަޑުގެ މަތީގައި ހަދާފައިވާ ގޭޓުތައް ހުޅުވާލުމުންނެވެ. މިރޭލު ދަތުރުކުރަނީ 30 ކިލޯ މީޓަރުގެ ރާސްތާއަކަށެވެ. ނަމަވެސް މި ދަތުރުރަށް ހަ ގަޑީރަށްވުރެ ދިގު ވަގުތެއް ހޭދަވެއެވެ. ސަބަބަކީ ދެ ގައުމުން ވެސް ރޭލުގެ ސެކިއުރިޓީ ބަލަހައްޓަން އެތައް ފަހަރެއްގެ މަތިން ރޭލު ބަލައި ފާސްކުރެއެވެ. މި ރޭލުވޭގެ ދަތުރުތަކަކީ އިންޑިއާއި ޕާކިސްތާނާ ދެމެދު ބައިބައިވެފައިވާ އާއިލާތަކަށް ބައްދަލުކުރަން އެއްގައުމުން އަނެއްގައުމަށް ދަތުރުކުރުމަށް އޮތް ހަމައެކަނި ގޮތެެވެ.

އިންޑިއާއި ޕާކިސްތާނާ ދެމެދު ހަމަނުޖެހުން އުފެދިފައިވަނީ ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި އިންޑިއާއިން ކޮންޓްރޯލް ކުރާ ޕާކިސްތާނު ސަރަހައްދުގައި ބޮމުގެ ހަމަލާއެއްދީ 40 އަށްވުރެ ގިނަ އިންޑިއާ ސިފައިން މަރާލުމުގެ ސަބަބުންނެވެ. މި ހަމަލާއާއި ގުޅިގެން އިންޑިއާއިން ވަނީ އެގައުމުގެ ފައިޓާޖެޓެއް ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދަށް ވައްދާފައެވެ. ޕާކިސްތާނުން ވަނީ އިންޑާގެ ހަނގުރާމަތީ ޖެޓު ވައްޓަލައި އޭގެން ދަތުރުކުރި ޕައިލެޓު ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން ޕާކިސްތާނުން ވަނީ ޕައިލެޓު ދޫކޮށްލާފައެވެ.

އިންޑިއާއި ޕާކިސްތާނާއި ދެމެދު ހަމަނުޖެހުން އިތުރުވެފައިވާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ތުހުމަތު ކުރައްވަނީ އިންޑިއާގެ ބޮޑުވަޒީ ނަރެންދުރަ މޯޑީ ހަނގުރާމަ ކުރައްވަން މަސައްކަތް ކުރައްވަނީ އިންޑިއާގެ އާންމު އިންތިހާބު ގާތްވެފައި އޮތުމުގެ ސަބަބުން އާންމުންގެ ތާއީދު ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް ޕާކިސްތާނުން ހަނގުރާމަކުރަން ބޭނުން ނުވާކަމަށް ވެސް އެ ގައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާން
ހިޔާލު