Khatron Ke Khiladi 9 Punit kaamiyaabu koffi
image
ޕުނީތު "ކަތުރޯން ކީ ކިލާޅީ"ގެ ޓްރޮފީ އާއެކު---
0 ކޮމެންޓް
 

ޕުނީތު "ކަތުރޯން ކީ ކިލާޅީ"ގެ ޓްރޮފީ އާއެކު---

ކަތުރޯން ކީ ކިލާޅީ ގެ ނުވަ ވަނަ ސީޒަން ޕުނިތު ޕާޓަކް ކާމިޔާބު ކޮށްފިއެވެ.
ކަލާސް ޓީވީ އިން ދައްކަމުން އަންނަ އެ ޝޯ ޕުނީތު ކާމިޔާބު ކުރީ އިތުރު ފަސް ބައިވެރިން ބަލިކުރުމަށްފަހުގައެވެ. ޝޯގެ ޓްރޮފީ އާއެކު ޕުނީތައް ވަނީ 20 ލައްކާ ރުޕީސްގެ އިތުރުން ކާރެެއް ވެސް ލިބިފައެވެ.

ޝޯގައި ޕުނީތާއެކު ފައިނަލްގައި ވާދަކުރީ ކޮމެޑިއަން ބާރްތީ ސިންގް އާއި ލަވަ ކިޔުންތެރިޔާ އަދިއްތިޔާ ނާރަޔަން އާއި ޓީވީ އެކްޓަރެސް ރިދިމާ ޕަންޑިތު އަދި ޓީވީ އެކްޓަރު އަލީ ގޮނީ އާއެވެ.

ޕުނީތަކީ ކޮރިއަގްރާފައެއްގެ އިތުރުން އެކްޓަރެއް ވެސް މެއެވެ. ޕުނީތު ވަނީ ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ "އޭބީސީޑީ" އާއި އޭބީސީޑީ 2" އަދި "ނަވާބްޒާދާ" އެވެ. ޕުނީތަކީ ޑާންސް ޝޯތައް ކަމަށްވާ "ޑާންސް އިންޑިއާ ޑާންސް" އަދި "ޑާންސް ޕްލަސް" ގައި ވެސް ކެޕްޓަނެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.
ހިޔާލު