Accident thah ithuruvumaai eh lakin licence dhookurumaa gulhumeh veytha?
image
އެއްލަކިން ލައިސަންސް ނަގަން ގޮސް ތިބި ބަޔަކު.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
2 ކޮމެންޓް
 

އެކްސިޑެންތައް އިތުރުވުމާއި އެއް ލަކިން ލައިސަންސް ދޫކުރުމާ ގުޅުމެއް ވޭތަ؟

ފަހަކަށް އައިސް މާލޭގެ މަގުތަކުގައި އެކްސިޑެންޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކޮންމެ ދުވަހަކު ވެސް އެތައް އެކްސިޑެންޓެއް ހިނގަ އެވެ. އެކި ވަރުގެ އެކްސިޑެންޓް ތަކެވެ. ބައެއް އެކްސިޑެންޓްތަކުގައި ބޮޑެތި އަނިޔާތައް ލިބި ހާލު ސީރިއަސްވި ބައެއް މީހުން އަދިވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.
ހުރިހާ އެކްސިޑެންޓަކީ މީޑިއާ އަށް ތިލަވާ އެކްސިޑެންޓް ތަކެއް ނޫނެވެ. އަދި ބައެއް ކުދި އެކްސިޑެންޓް ތަކަކީ ފުލުހުންނަށް ވެސް ރިޕޯޓް ނުކޮށް، އެކްސިޑެންޓްވާ ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލުކުރާ އެކްސިޑެންޓްތަކެކެވެ.

ނަމަވެސް މިހާރު މާލޭގައި ބޮޑެތި އެކްސިޑެންޓްތައް ވަރަށް އާންމެވެ. ސަބަބަކީ ކޮބާހެއްޔެވެ؛ މާލޭގެ ރިންގް ރޯޑު ހެއްޔެވެ؟ ސިނަމާލެ ބްރިޖްގެ މައްސަލައެއް ހެއްޔެވެ؟ ނުވަތަ ބުރިޖާއި ގުޅިފައިވާ ހައިވޭ ހެއްޔެވެ؟

އެ މަގުތަކުތަކާ އެކު ބާރު ސްޕީޑުގައި ދުއްވާ މީހުން އިތުރުވެފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. ބައެއް މީހުން ދެކޭގޮތުގައި އެކްސިޑެންޓްތައް އިތުރުވަނީ އެ ސަބަބާ ހެދި އެވެ. އެ މީހުންގެ ވާހަކަތަކަށް ބާރު ލިބެނީ، އެކްސިޑެންޓްތައް އާންމުކޮށް ހިނގަނީ އެ މަގުތަކުގައި ކަމަށް ވުމެވެ.

ދެން އޮތީ ދުއްވާ މީހުން އިތުރުވުމެވެ. ހުޅުމާލެ އާއި މާލެ އެއްގަމު މަގުން ގުޅާލުމާއި އެކު ވަރަށް ގިނަ މީހުން މިހާރު ދެ ރަށުގެ ދެމެދުގައި ދަތުރު ކުރަނީ ބުރިޖުންނެވެ. އެއާ އެކު ކުރިން ވެސް ތޮއްޖެހިފައިވާ މާލޭގެ މަގުތަކަށް ވެސް އަދި ހުޅުމާލޭ މަގުތަކަށް ވެސް ބާރު ބޮޑުވެ އެވެ.

އެކްސިޑެންޓްތައް ގިނަވަނީ މަގުތަކަށް ބާރު ބޮޑުވެފައި، ޓްރެފިކް ގަވާއިދުތަކަށް އެއްވެސް ވަރަކަށް ނުބަލާ ދުއްވާ މީހުންގެ ސަބަބުން ކަމަށް ބައެއް މީހުން ބުނެ އެވެ. އެގޮތުން ބާރު ސްޕީޑުގައި ދުއްވާފައި ދާ އުޅަނދުތަކުން ރެކެން އުޅުމުގެ ތެރޭގައި ބައެއް މީހުން އެކްސިޑެންޓް ވެފައިވާ ކަމަށް ވެއެވެ. ނުވަތަ މަނާ ސަރަހައްދަކުން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ވެސް އެފަދަ އެތައް އެކްސިޑެންޓެއް ހިނގާފައި ވެއެވެ.

އެ ހުރިހާ ކަމެއްގެ އިތުރުން، ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހިންގި އެއްލަކިން ލައިސެންސް ދޫކުރި ޕްރޮގްރާމާއި މިކަމާ ނުގުޅޭ ހެއްޔެވެ؟

އާންމުކޮށް ލައިސަންސް ޓެސްޓް ހައްދަމުން ދިޔަ ގޮތާ ހިލާފަށް މާލޭ މަގުމަތީގައި ދުއްވާލުމުން އެތައް ސަތޭކަ ބަޔަކަށް ކާރު އަދި ސައިކަލު ލައިސަންސް އެ ޕްރޮގްރާމުގެ ތެރެއިން ދޫކުރި އެވެ. ލައިސަންސް ލިބުނު މީހުންގެ ތެރޭގައި މަގުމަތީގައި އުޅަނދުތައް ދުއްވަން އެނގޭ ވަރަށް ވުރެ ނުފަރިތަ އެތައް ބަޔަކު ތިބި ކަމަށް ވެއެވެ.

އެކަން އެންމެ ރަނގަޅަށް އެނގެނީ، އެއްލަކިން ލައިސަންސް ލިބުނު މީހުންނަށް ފަރިތަ ކޮށްދިނުމަށް ޑްރައިވިން ސްކޫލްތަކުން ޕްރޮގްރާމްތައް ހިންގުމުންނެވެ.

"ސީދާ އެއީ [އެއްލަކިން ލައިސަންސް ދިނުމަކީ] އެކްސިޑެންޓްތައް އިތުރުވާ ސަބަބޭ ނުބުނެވިދާނެ، އެކަމު އޭގެ ފެކްޓާސް ތަކެއް ވެސް އެކަމުގައި ވާނެ. އެންމެ ބޮޑު މައްސަލަ އަކީ ހަމަ ބާރު ސްޕީޑުގައި ދުއްވުން،" ޑްރައިވިން ސްކޫލެއްގެ މީހަކު ބުންޏެވެ.

އެކަމަކު އޭނާ ވެސް ވަނީ އެއްލަކިން ލައިސަންސް ދޫކުރި މީހުންގެ ތެރޭގައި މަގުމަތީ ދުއްވަން ނޭގޭ މީހުން ހިމެނޭ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކްސިޑެންޓްތަކާ އެއާ ސީދާ މާ ބޮޑު ގުޅުމެއް ނެތް ކަމަށް އޭނާ އެ ބުނަނީ، އެ ފަރާތްތަކަށް ހިންގި ފަރިތަ ކުރުމުގެ ޕްރޮގްރާމް ތަކަށް ޑިމާންޑް ބޮޑުވުމުން ކަމަށް ވެދާނެ އެވެ.
ހިޔާލު

އަޝްރަފް

އެކްސިޑެންޓަކީ ހަމައެކަނި ދުއްވާ އުޅަނދަކުން ވާކަމެއް ނޫން އިމާރާތް ތަކުގެ މަތިން ވެއްޓޭ މީހުނާ އެއްޗިއްސަކީވެސް ހަމަ އެކްސިޑެންޓް އިންސިޑެންޓެއް ނޫން އަދި އެއްލަކިން ލައިސަންސް ދިނުމަކުން ހިނގާ ކަންކަމެއްވެސް ނޫން ސްޕީޑް ބާރުވެގެނެއްވެސްނޫން އެހެން ކަމެއް އެބައުޅޭ އަދި އެއްފަހަރު ދިރާސާ ކޮށްލަންފެނޭ.!!!!!

ލލ

ޓުރެފިކް ޕޮލިހުންގެ އިލްމީ ޤާބިލް ކަން އިތުރު ކުރަންޖެހޭ، ދިރާސާ ކުރަންވާވަރަށް ދިރާސާ ނުކުރެވޭތީ އެކަން އިތުރުވަނީ!