Deputy PG Nihaayath isthiufaa dhevvaifi
image
ނިހާޔަތު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ސަލާމް ކުރައްވަނީ --
2 ކޮމެންޓް
 

ޑެޕިއުޓީ ޕީޖީ ނިހާޔަތު އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
ނިހާޔަތު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ ސީއެންއެމަށް ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް ނިހާޔަތު އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ޑެޕިއުޓީ ޕީޖީގެ މަގާމަށް ނިހާޔަތު އައްޔަން ކުރެއްވީ، ދެ ޑެޕިއުޓީ ޕީޖީން ތިއްބެވޭގޮތަށް، 2016 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހު ފާސްކުރުމާއި ގުޅިގެން ނެވެ.

ނިހާޔަތަކީ އޭގެ ކުރިން ސިވިލް ކޯޓުގެ ގާޒީ އެކެވެ.

ނިހާޔަތު މަގާމުން އިސްތިއުފާ ދެއްވުމުން ޑެޕިއުޓީ ޕީޖީގެ މަގާމުގައި މިހާރު ހުންނަވާނީ، މަހުމޫދު ސަލީމް އެކަންޏެވެ.
އަދުލުއިންސާފު ޕީޖީ
ހިޔާލު

ޝުއޫރު

ނިހާޔަތު އިސްތިއުފާދިނީ ބިޝާމުގެ އުދަގުލާއިހެދި ކަމަށްވަނީ...ޕީޖީ އޮފީހުގެ މުއައްޒަފުން ތިބެނީ ބިޝާމުގެ ކައިރިން ސަލާމަތްވާނެ ދުވަހެއްގެ އިންތިޒާރުގައި..

ދދ

ޔާމީނު ބުނެގެން ހުރިހާ މީހުން ޖަލައްލީ ތީނަ ނުންތޯ؟