Sarukaaruge beynumah 15 Car hoadhanee
image
ރައީސުލް ޖުމްހޫރިއްޔާގެ އޮޓޯކޭޑު -- ފޮޓޯ:އަވަސް
0 ކޮމެންޓް
 

ސަރުކާރުގެ ބޭނުމަށް 15 ކާރު ހޯދަނީ

ސަރުކާރުގެ ބޭނުމަކަށް 15 ކާރު ހޯދަން ބޭނުންވާތީ ކާރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެމިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، 15 ކާރު ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭއިރު ފައިސާ ބަލައިގަންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެކަމާއި ބެހޭ ހުރިހާ މައުލޫމާތެއް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އިއުލާނުގައި ބުނެއެވެ. އަދި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 100,000 ރުފިޔާ (އެއްލައްކަ ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް.ޑޮލަރު) ހުށަހަޅަން ޖެހެއެވެ. . ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ.

ރައީސް އާއި ނައިބް ރައީސްގެ އިތުރުން ދައުލަތުން ކާރުކޮޅު ދެނީ މިނިސްޓްރުންނާއި މިނިވަން މުވައްސަސާތަކުގެ ވެރިންނަށެވެ.

ހިޔާލު