Hulhumale' gai vehicle registry kureveynee geyge verinnah ekani
image
ހުޅުމާލެ.-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

ހުޅުމާލޭގައި ވެހިކަލް ރެޖިސްޓްރީ ކުރެވޭނީ ގޭގެ ވެރިންނަށް އެކަނި

ހުޅުމާލެ އަށް ހަތަރު ފުރޮޅުލީ ވެހިކަލްތައް އެތެރެކޮށް ރެޖިސްޓްރީ ކުރެވޭނީ އެ އަވަށުގައި ގޯއްޗާއި، ރޯހައުސް އަދި އެޕާޓްމަންޓްތަކުގެ ވެރިންނަށް އެކަނި ކަމަށް އެޗްޑީސީން ބުނެފި އެވެ.
ހުޅުމާލޭގައި ގަރާޖު ނެތް ތަންތަނަށް ދެމުން ގެންދިޔަ ހުއްދަ މަޑުޖައްސާލުމަށްފަހު އެ އުސޫލުތައް މުރާޖާކޮށް، އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ރެޖިސްޓްރީ ކުރެވޭނީ އެ އަވަށުގައި ގޯތި، ރޯހައުސް އަދި އެޕާޓްމަންޓެއް ހުރި ނަމަ އެ ތަނެއްގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތުގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ ނުވަތަ ބައްޕަގެ ނަމުގައި އެކަނި ކަމަށެވެ.

އެ އުސޫލުގެ ދަށުން ހުޅުމާލޭގެ ގޯތި، ރޯހައުސް އަދި އެޕާޓްމަންޓް ތަކަށް ގެންނަ އުޅަނދު ހުޅުމާލެ އަށް އެތެރެކޮށް ރަޖިސްޓަރީކުރުމުގެ ހުއްދަ އަށް އެދި ހުށަހަޅަންޖެހޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެހިކަލްތައް ރެޖިސްޓްރީ ކުރަން ފަށާނީ، އަންނަ ބުދަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ކަމަށް އެޗްޑީސީން ބުނެ އެވެ.
ހިޔާލު