Comedian Ali Asgar accident vejje
image
އަލީ---
0 ކޮމެންޓް
 

ކޮމީޑިއަން އަލީ އަސްގަރް އެކްސިޑެންޓު ވެއްޖެ

މަޝްހޫރު ކޮމީޑިއަން އަލީ އަސްގަރް އެކްސިޑެންޓު ވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެއެކްސިޑެންޓު ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ އެކްސިޑެންޓުގައި އަލީ އަށް އެއްވެސް އަނިޔާ އެއް ލިބިފައި ނުވިނަމަވެސް އޭނާ ދުއްވި ކާރު ވަނީ އެކްކޮށް ހަލާކުވެފައެވެ.

އެކްސިޑެންޓާ ބެހޭގޮތުން ވާހަކަ ދައްކަމުން އަލީ ބުނީ އެކްސިޑެންޓު ހިނގި ވަގުތު ކާރު ދުއްވަން އިނީ އޭނާ ކަމަށެވެ. އަދި އެއެކްސިޑެންޓު ހިނގީ، އަލީ ސިގްނަލްގައި މަޑުކޮށްގެން އިން ވަގުތު ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް އިވުމަށްފަހު އަލީގެ ކާރު ފަހަތުގައި އޮތް ކާރު އެނާ ކާރުގައި ޖެއްސުމުން އޭނާގެ ކާރު އެތާކައިރީގައި ޕާކު ކޮށްފައި އޮތް ޓުރަކެއްގައި ޖެހިގެން ކަމަށް އަލީ ވަނީ ބުނެފައެވެ.

އެއެކްސިޑެންޓާ ގުޅިގެން އަލީ އަދިވެސް ޝޮކެއްގައި ހުރިއިރު އަލީ ވަނީ އެކްސިޑެންޓުގައި އޭނާ އަށް އެހީތެރިވި ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ. އަލީގެ ކާރުގައި ޖެއްސި ކާރުގައި އިން ޑްރައިވަރު ވަނީ ވަގުތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަލީ ވަނީ ގިނަ ކޮމެޑީ ޝޯތަކުގައި މަސައްކަތް ކޯށްފައެވެ. އެގޮތުން އޭގެ ތެރޭގައި ކަޕިލް ޝަރުމާ ޝޯއާއި ކޮމެޑީ ނައިޓްސް ވިތު ކަޕިލް އަދި ކާންޕުރް ވާލޭ ކުރާނާސް ހިމެނެއެވެ.

އަލީ ވަނީ ގިނަ ފިލްމުތަކެއްގައި ވެސް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "އަމާވަސް" އާއި "ޖުޅްވާ 2" އާއި "ރާޒް" އާއި "ޕާޓްނާ" އާއި "ޝޯޓްކަޓް" އާއި "އަގްނީޕަތު" އަދި "ސަންޑޭ" ހިމެނެއެވެ.

ހިޔާލު