Andhadhun China gai alhuvanee
image
އަންދާދުންގެ ދެ ޕޯސްޓަރު---
0 ކޮމެންޓް
 

"އަދްދާދުން" ޗައިނާގައި އަޅުވަނީ

ސްރިރާމް ރާގްވަން ޑައިރެކްޓުކުރި ފިލްމު "އަންދާދުން" ޗައިނާގައި އަޅުވަން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނެރެނު އެފިލްމުއަކީ ވަރަށް ބޮޑު ކާމިޔާބެއް ލިބުނު ފިލްމެކެވެ. ލީޑު ރޯލުން އަޔުޝްމަން ކުރާނާ އާއި ރާދިކާ އަޕްތޭ ފެނިގެންދާއިރު އެފިލްމު ޗައިނާގައި އަޅުވަން މިހާރު ވަނި ނިންމާފައެވެ.

"ޕިއާނޯ ޕްލޭއާ" ގެ ނަމުގައި އެފިލްމު ޗައިނާގައި އަޅުވަން ނިންމާފައިވާއިރު އެފިލްމު ޗައިނާގައި އަޅުވަނީ ކޮން ދުވަހެއްގައި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް އަޅުވާނެ ކަމަށް ފިލްމު އުފެއްދުންތެރިން ވަނީ ބުނެފައެވެ.

"އަންދާދުން" ގައި އަޔުޝްމަން ފެނިގެންދާނި ފެނުމުން މަހުރޫމްވެފައިވާ، ޕިއާނޯ ކުޅޭ މީހެއްގެ ރޯލުންނެވެ. ފިލްމުގައި އަޔުޝްމަން އާއި ރާދިކާގެ އިތުރުން ތަބޫ އާއި އަނިލް ދަވަން އަދި މާނަވް ވިޖް ވެސް ފެނިގެން ގޮސްފައިވެއެވެ.
ހިޔާލު