Gina meehunah ahanaky Ayushmann ge kokko kameh neyngey: Aparshakti
image
އަޔުޝްމަނާއި އަޕަރްޝަކްތީ---
0 ކޮމެންޓް
 

ގިނަ މީހުންނަށް އަހަންނަކީ އަޔުޝްމަންގެ ކޮއްކޮ ކަމެއް ނޭންގޭ: އަޕްރްޝަކްތީ

ގިނަ މީހުންނަށް އަޔުޝްމަން ކުރާނާ އަކީ އަޕަރްޝަކްތީ ކުރާނާގެ ބޭބެ ކަން ނޭންގޭ ކަމަށް އަޕްރްޝަކްތީ ބުނެފިއެވެ.
އުމުރުން 31 އަހަރުގެ އަޕަރްޝަކްތީ އޭނާގެ ކެރިއަރު ފަށާފައިވަނީ ރޭޑިއޯ ޕްރެޒެންޓަރެއްގެ ރޯލުންނެވެ. އެއަށްފަހު ގިނަ ޝޯތައް އޭނާ ޕްރެޒެންޓުކޮށްދީފައިވާއިރު އޭނާ ފުރަތަމަ ފިލްމެއްގައި މަސައްކަތް ކޮށްފައިވަނީ "ދަންގަލް" ގައެވެ.

ގިނަ ފިލްމުތަކުގައި ސަޕޯޓިން ރޯލުން އަޕްރްޝަކްތީ ފެނިގެންދާއިރު އަޕަރްޝަކްތީ ބުނީ ގިނަ ބަޔަކު އޭނާ ދިމާލަށް ކިޔަނީ އޭނާ ކުޅެފައި ހުރި ކެރެކްޓާތައް ކަމަށްވާ ސްތުރީ އިން "ބިއްޓޫ" ނުވަތަ ދަންގަލް އިން "އޯމްކާރް" ގެ ނަމުން ކަމަށެވެ. އަދި ގިނަ ބަޔަކަަށް އޭނާ އެއީ އަޔުޝްމަންގެ ކޮއްކޮ ކަން ނޭންގޭ ކަމަށް އަޕަރްޝަކްތީ ވަނީ ބުނެފައެވެ.

އޭގެ އިތުރުން އަޕަރްޝަކްތީ ބުނީ މީހުނަށް އެކަން އެނގޭއިރު އެމީހުން ތިބެނީ ހައިރާންވެފައި ކަމަށާއި އަޔުޝްމަން އާ ވައްތަރު ކަމަށް މީހުން ބުނާ ކަމަށެވެ.

އުމުރުން 31 އަހަރުގެ އަޕަރްޝަކްތީ ފެނިގެންދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "ސްތުރީ" އާއި "ލުކާ ޗުޕީ" އާއި "ބަދްރިނާތުކީ ދުލްހަނިޔާ" އާއި "ރާޖްމާ ޗާވަލް" އަދި "ހެޕީ ބާގްޖާއޭންގީ ރިޓާންސް" ހިމެނެއެވެ.
ހިޔާލު