Ge eh gai harukuran ulhunu dhorufatheh magumahchah vettijje
image
ގެއެއްގައި ހަރުކުރަން އުޅުނު ދޮރުފަތެއް މަގުމައްޗަށް ވެއްޓިއްޖެ
0 ކޮމެންޓް
 

ގެއެއްގައި ހަރުކުރަން އުޅުނު ދޮރުފަތެއް މަގުމައްޗަށް ވެއްޓިއްޖެ

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ގެއެއްގައި ހަރުކުރަން އުޅުނު ދޮރުފަތެއް މަގުމައްޗަށް ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ ވެއްޓިފައިވަނީ އިންފިނިޓީ ބިލްޑާސް ޕްރައިވެޓް ލިމިޓެޑުން މާފަންނުގައި ހަދަމުން ދިޔަ އިމާރާތެއްގައި ހަރުކުރުމަށް މަސައްކަތް ކުރި ދޮރެއް ކަމުގައެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

އެލްމުނިއަމާއި ބިއްލޫރި ބޭނުންކޮށްގެން ހަދާފައިވާ ދޮރުފަތް ވެއްޓި ބިއްލޫރިތައްވަނީ އެކޮށް ތަޅައިގެން ގޮސްފައެވެ. މާލޭގައި އިމާރާތް ކުރަމުން ގެންދާ ތަންތަނާއި އިމާރާތްތަކުން އެއްޗެހި ވެއްޓޭ މައްސަލަ ފަހަކަށް އައިސްވަނީ ބޮޑުވެފައެވެ.

މިފަދަ ބައެއް ހާދިސާ ތަކުގައި މީހުންނާއި ތަކެއްޗަށް ބޮޑެތި ގެއްލުން ވެފައިވާއިރު ބައެއް ހާދިސާތަކުގައި މީހުންގެ ފުރާނަވެސްވަނީ ގޮސްފައެވެ.
ހިޔާލު