Raajjeyge Imaaraaiy kurumuge sinaa'aiy dhashah
image
އިމާރާތެއްގެ މަސައްކަތް ކުރަނީ-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވިސް
0 ކޮމެންޓް
 

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް ދަށަށް

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތް ކުރިއަރާފައިވާ މިންވަރު ދަށަށް ގެންގޮސްފައިވާ ކަމަށް އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭން ދައްކައިފި އެވެ.
ސާވޭ ރިޕޯޓުގައި ވާގޮތުން އިމާރާތް ކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކުގެ ވިޔަފާރި މަޑުޖެހިފައިވާއިރު މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާރާ އަޅާބަލާއިރު ފަހު ކުއާޓަރުގައި ކޮންސްޓްރަކްޝަން ސިނާއަތުގެ މަސައްކަތްތައް 2 އިންސައްތައަށް ވަނީ ދަށަށް ގޮސްފައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރެކޭ އެއްގޮތަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އިމާރާތް ކުރުމުގެ ސިނާއަތް މަޑު ޖެހިދާނެ ކަމަށް އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ލަފާކުރެއެވެ. އެދާއިރާ ދަށަށް ގޮސްފައި ވަނީ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނުގެ އަގު އުފުލި ދިވެހި މަސައްކަތްތެރިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވާތީ ކަމަށް ސާވޭގެ ބައިވެރިން ފާހަގަކުރެއެވެ.

ސާވޭގެ ބައިވެރިން ވަނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާރާ އަޅާބަލާއިރު ފަހު ކުއާޓަރުގައި ވިޔަފާރި ރަނގަޅުވެފައިވާކަމަށް ބުނެފައެވެ. އެގޮތުން ތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ 90 އިންސައްތަ މީހުން ބުނީ، ލިބުނު އޯޑަރުތަކުގެ އަދަދު ފަހު ކުއާޓަރުގައި އިތުރުވެފައިވާތީ ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވި ކަމަށެވެ.

އެ ސާވޭ ރިޕޯޓަކީ ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ، އިމާރާތް ކުރުމުގެ ސިނާއަތާއި ތަކެތި އުފެއްދުމުގެ ސިނާއަތް އަދި ފަތުރުވެރިކަމުގެ ސިނާއަތާއި އާންމު ވިޔަފާރިވެރިން ބައިވެރިންކޮށްގެން ކޮށްފައިވާ ސާވޭއެކެވެ. އިމާރާތް ކުރުމުގެ ސިނާއަތް ފިޔަވާއި ޓޫރިޒަމް ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރުމުގެ ސިނާއަތުގެ އިތުރުން ތަކެތި އުފެއްދުމުގެ ސިނާއަތުން ވެސް މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު ހަތަރު ވަނަ ކުއާޓަރުގައި ވިޔަފާރި ރަނގަޅެވެ.
ހިޔާލު